ކ. މާލެ
|
4 މެއި 2018 | ހުކުރު 00:29
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)
ރާއްޖެ އެމްވީ
އިމްތިޔާޒު ފަހުމީ
މި ފެންނަނީ ރޯ ނުބައިކޮށް ގާނޫނު މާނަކޮށްގެން މީހުން ޖަލަށް ވައްދާތަން: އިންތި
ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީ ބަލައިނުގަތީ ލެޓާހެޑްގައި ފޮނުވާފައިވާ ސިޓީއަކަށްވުން

މިހާރު މިފެންނަނީ ރޯ ނުބައިކޮށް ގާނޫނު މާނަކޮށްގެން މީހުން ޖަލަށް ވައްދާތަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ތަހުގީގު ހިންގަނީ ތުހުމަތު ކުރެވޭ ގޮތަކަށް ނޫންކަމަށާއި ދައުވާ ކުރަނީ ތަހުގީގު ކުރާ ގޮތަކަށް ނޫންކަމަށެވެ.

ފެނިގެންދަނީ ސަރުކާރާއި އެއްކޮޅަށް އަޑު އުފުލާ މީހަކަށް ކޮންމެ ފަހަރަކު ޓެރަރިޒަމްގެ ގާނޫނު ހިންގާތަން ކަމަށާއި ހަގީގީ ޓެރަރިސްޓެއްގެ މައްޗަށް އެ ގާނޫނު ނުހިނގާކަމަށް އޭނާ ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އޭނާ ލެޓާހެޑްގައި ލިޔެފައިވާތީކަމަށް ބުނެ ކްރިމިނަލް ކޯޓަށް އޭނާ ހުށަހަޅުއްވަން އުޅުއްވި ސިޓީއެއް ބަލައިގެންފައި ނުވާކަމަށެވެ. އިމްތިޔާޒް ފަހުމީއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ ލެޓާ ހެޑްގައި ފޮނުވާފައިވާ އެ ސިޓީ އިމްތިޔާޒް ވަނީ ޓުވީޓްވެސް ކުރައްވާފަ އެވެ. ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އާދަމް އާރިފަށް އެޑްރެސްކޮށް، އިމްތިޔާޒް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ފުލުހުންގެ އެދުމުގެމަތިން 22 އޭޕްރީލްގައި އޭނާގެ ޕާސްޕޯޓް އަނެއްކާވެސް ހިފެހެއްޓުމަށް އަމުރެއް ނެރުއްވާފައިވާކަމުގެ މައުލޫމަތު ލިބިފައިވާކަމަށެވެ. ނަމަވެސް ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އެ އަމުރުގެ ކޮޕީއެއް ދީފައި ނުވާކަމަށާއި، އެހެންކަމުން 22 އޭޕްރީލްގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރެއް ނެރުއްވާފައިވާނަމަ އަމުރުގެ ކޮޕީއެއް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދޭކަމަށް އެ ސިޓީގައި އިމްތިޔާޒް ވިދާޅުވެފައިވެއެވެ.

"ލެޓަރ ހެޑް ޖަހާފައިވާތީ އަޅުގަނޑުގެ ސިޓީ ބަލައި ނުގަތީ. ކޯޓަށް ދިޔައިމާ ލޮކަރ ތަޅުލާފަ ތަޅުދަނޑިވެސް ނަގަނީ އެމީހުން. ކޮން ހިސާބަކުން ކަމެއް ނޭނގޭ އިސްލާހުކުރަން ފަށަންވީ." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، ޓެރެރިޒަމްގެ ގާނޫނު ފާސްކުރުމަށް ފަހު ދަށުން އެ ގާނޫނުގެ ދަށުން މިހާތަނަށް އަމަލުކޮށްފައި އޮތީ ހަގީގަތުގައި ޓެރެެރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތަކުގެ ބަދަލުގައި ސިޔާސީ މީހުންގެ މައްޗަށް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް