ކ. މާލެ
|
4 މެއި 2018 | ހުކުރު 00:45
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން - އޭނާގެ ސިއްހީ ހާލު ވަރަށް ގޯސްކަމަށް އާއިލާއިން ބުނޭ
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން - އޭނާގެ ސިއްހީ ހާލު ވަރަށް ގޯސްކަމަށް އާއިލާއިން ބުނޭ
މިހާރު
މުހުތާޒްގެ ބޭސްފަރުވާ
ކުރީގެ ޕީޖީ މުހުތާޖްގެ ބޭސްފަރުވާގެ މައްސަލަ: ސީރިއަސް މައްސަލައެއްގެ ގޮތުގައި އިދާރާތަކަށް ހުށަހަޅައިފި
އާއިލާގެ ފަރަތުން މައްސަލަ ހުށަހަޅާފައިވަނީ އެޗްއާރުސީއެމް، ހޯމް މިނިސްޓްރީ، އެންއައިސީ، އަދި މޯލްޑިވްސް މެޑިކަލް ކައުންސިލްއަށް
ޗްއާރުސީއެމްއަށް އާއިލާއިން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ މުހުތާޒާއިމެދު އެންޓި ޓޯޗަރ ޤާނޫނާއި ހިލާފަށް، ލާ އިންސާނީ އަމަލު ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުމަށް
ޓެރަރިޒަމްގެ ކުށް ސާބިތުކަމަށް ކަނޑައަޅައި ކުރީގެ ޕީޖީ މުހުތާޒް މައްޗަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުގެ އިދާރާތަކުން އިހުމާލުވަމުންގެންދާތީވެ، އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބައެއް އިދާރާތަކަށް ހުށައަޅައިިފި އެވެ. 

އާއިލާގެ ފަރަތުން މައްސަލަ ހުށަހަޅާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)، ހޯމް މިނިސްޓްރީ، ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން (އެންއައިސީ) އަދި މޯލްޑިވްސް މެޑިކަލް ކައުންސިލްއަށެވެ. 

އޭގެތެރެއިން އެޗްއާރުސީއެމްއަށް އާއިލާއިން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ މުހުތާޒާއިމެދު އެންޓި ޓޯޗަރ ޤާނޫނާއި ހިލާފަށް، ލާ އިންސާނީ އަމަލު ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށެވެ. އާއިލާއިން ބުނީ އާއިލާގެ ފަރާތުން ކުރިން އެޗްއާރުސީއެމްއަށް ހުށައެޅި މައްސަލަ އެންޓި ޓޯޗަރގެ އަމަލެއްގެ ގޮތުގައި ބަލައިދިނުމަށް އެދިފައިނެތުމުން އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވަމުން ނުދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލަތައްވެސް އަލުން އެންޓި ޓޯޗަރގެ މައްސަލަތަކެއްގެ ގޮތުގައި އާއިލާގެ ފަރަތުން އެޗްއާރުސީއެމްއަށް ވަނީ ހުށަހަޅާފައި ކަމަށެވެ. 

އޭގެއިތުރުން އެޗްއާރުސީއެމްއަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ މުހުތާޒްގެ ބޭސްފަރުވާއަށް ހޮސްޕިޓަލަށް ގެނެވުނު ވަގުތުގައި އާއިލާއިން ހޮސްޕިޓަލަށް ދިޔުމުން މުހުތާޒްގެ ބޭސްފަރުވާ ހުޓާލާނެކަމުގެ އިންޒާރުދީފައިވަތީ އެ މައްސަލަވެސް ބައްލަވައިދެއްވުމަށެވެ.  

ހޯމް މިނިސްޓްރީއަށް މުހުތާޒްގެ އާއިލާއިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން މުހުތާޒްގެ ބޭސްފަރުވާގެ މައްސަލާގައި އިހުމާލްވަމުންދާތީ އެކަންކަން ބައްލަވައިދެއްވުމަށެވެ. އަދި އެކަންކަން މިނިސްޓަރުގެ ސަމާލުކަމަށް ގެނައުމަށްވެސް އާއިލާގެ ފަރާތުން ހުށައެޅި މައްސަލާގައި އެދިފައިވެއެވެ. 

ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން (އެންއައިސީ) މުހުތާޒްގެ އާއިލާއިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މުހުތާޒްގެ ބޭސްފަރުވާގެ ކަންކަން ހުއްޓުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ނުފޫޒް އޮތްކަމަށް ތުހުމަތުކުރެވޭތީ އެކަން ބައްލަވައިދެއްވުމަށެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބޭސްފަރުވާގެ ކަންކަމުގައި ޤާނޫނުތަކާއި ގަވައިދުތަކާއި ހިލާފުވެފައިވާ މައްސަލަ ބައްލަވައިދެއްވުމަށްވެސް އާއިލާއިން ހޯމް މިނިސްޓްރީއަށް ހުށައެޅި މައްސަލާގައި އެދިފައިވެއެވެ. 

ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް ހުންނެވި މުހުތާޒް މުހުސިން ޖަލުގައި އޮންނަތާ 2 އަހަރުވުމާ ގުޅިގެން މުހުތާޒްގެ އާއިލާ އިން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުހުތާޒް ހައްޔަރުކުރި ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން، ޢަމަލުކޮށްފައި ވާގޮތުގެ ނަތީއްޖާއެއްގެ ގޮތުން، މުހުތާޒްގެ މައިބަދައިގެ ހާލަތު އިތުރަށް ސީރިއަސްވެ، އެޑްމިޓްކޮށްގެން ބާރުގަދަ އިތުރު ދެ އިންޖެކްޝަނެއް އެއްފަހަރާ ޖެހުމަށް އޭޕްރީލް 10 ވަނަ ދުވަހު ޑޮކްޓަރު ލަފާދެއްވި ކަމަށެވެ. އަދި މުހުތާޒް މުހުސިންގެ ބޭސް ފަރުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިހުމާލުވެފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ބަލިހާލު އިތުރަށް ބޮޑުވެ ކައިރި މުސްތަގުބަލެއްގައި މުހުތާޒް މުހުސިންއަށް ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އާއިލާއަށް އިންތިހާއަށް އޮތް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. 

"މުހްތާޒް މުޙްސިންގެ ޞިއްހީ ހާލަތާ މެދު، ކަންބޮޑުވާކަން ބަޔާންކޮށް، މުހުތާޒް މުހުސިންއަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ދިނުމަށާއި، އަދި އެފަދަ ހާލަތެއްގައި ހުރި ބަލިމީހަކު ހުންނަންޖެހޭނެ ފަދަ މާހައުލެއްގައި މުހްތާޒް މުޙްސިން ބެހެއްޓުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އެތައް ފަހަރަކު ދެންނެވިފައިވާނެއެވެ. ނަމަވެސް އެފަރާތުން މުހްތާޒް މުޙްސިންގެ ސިއްހީ އަދި އެހެނިހެން މައްސަލަތަކަށް އެއްވެސް ހައްލެއް ހޯދާދީފައި ނުވާކަމުގައި ދަންނަވަމެވެ."

ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކުރީގެ ޕީޖީ މުހުތާޒް 17 އަހަރަށް ޖަލަށް ލާފައިވަނީ ރައީސް ޔާމީން ހައްޔަރުކުރަން މާމިގިލީ ކޯޓުން ސައްހަ ނޫން ކޯޓު އަމުރެއް ނެރެން އުޅުނު ކަމަށް ބުނެ، އެމައްސަލައިގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް