ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 08:26
ލ.ގަން
ލ.ގަން
ރާއްޖެ އެމްވީ
ބަންޑާރަ ގޯތި
ބަންޑާރަ ގޯތި ދޫކުރުމުގެ ޝަރުތުތައް ލުއިކޮށްފި
ކުރިން ގަވައިދު އޮންނަ ގޮތުން ގޯއްޗެއް ލިބެނީ އުމުރުން 21 އަހަރު ފުރިފައިވާ މީހުންނަށް
ގަވައިދަށް ގެނައި އިސްލާހުގައި ގޯއްޗަށް އެދި ހުށަހެޅޭ އުމުރު ވަނީ 18 އަހަރަށް ދަށްކޮށްފަ
ޝަރުތު ހަމަވޭތޯ ބަލާނީ އެކަމަށް އޮންނަ ޚާއްސަ ކޮމެޓީއަކުން

ބައްޑާރަ ގޯތި ދޫކުރުމުގައި، ގޯއްޗަށް އެދޭ މީހާގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ލުއިކޮށްފިއެވެ.

ދިރިއުޅުމަށްޓަކައި ބައްޑާރަ ގޯތި ދޫކުރުމުގެ ގަވައިދު އިސްލާހުކޮށްފައި ވަނީ ހޯމަ ދުވަހުގައެވެ. ބައްޑާރަ ގޯތި ދޫކުރުމުގެ ގަވައިދު ކުރިން އޮންނަ ގޮތުން ގޯއްޗެއް ލިބެނީ އުމުރުން 21 އަހަރު ފުރިފައިވާ މީހުންނަށެވެ. އެ ގަވައިދަށް ގެނައި އިސްލާހުގައި ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅޭ އުމުރު ވަނީ 18 އަހަރަށް ދަށްކޮށްފައެވެ.

ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން ބަންޑާރަ ގޯތި ދޫކުރުމުގައި ދެން ބަލާނީ ހަމައެކަނި ގޯއްޗަށް އެދޭ މީހާގެ އެހެން ގޯއްޗެއް އޮތްތޯ އާއި އެ ގޯއްޗަކާ މެދު އަމަލުކޮށްފައިވާ ގޮތަކަށެވެ. މިކަންކަމަށް ޝަރުތު ހަމަވޭތޯ ބަލާނީ އެކަމަށް އޮންނަ ޚާއްސަ ކޮމެޓީއަކުންނެވެ.

އެހެންނަމަވެސް ކުރިން އެ ގަވައިދު އޮންނަ ގޮތުން ގޯއްޗަކަށް އެދޭ މީހާ އާއި އެ މީހާގެ ދަރިންނާއި ޝަރުއީ ގޮތުން ބަލަންޖެހޭ މީހުންނަށް ލިބިފައިވާ ބިމުގެ ތަނަވަސް ކަމާއި އެ މީހުންނަށް ކުރިން ލިބިފައިވާ ގޯތިތަކާ މެދު އަމަލު ކޮށްފައިވާ ގޮތްތަކަށް ވެސް ބަލަން ޖެހޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
3 މެއި 2018 | ބުރާސްފަތި 03:42
ފުލެޓްދޮންބެ
ތިޔައުޅެނީއެއްކަލަ ދާތަގެކޮންމެވެސް ގާތްމީހަކަށް ކަދުރުހައްދަން ކޮންމުވުސްތަނެއް ފޭރިގަންނަން