ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 08:19
ޑރ. އުތައިމީން ރައީސް ޔާމީން އާއި ބައްދަލުކުރައްވަނީ
ޑރ. އުތައިމީން ރައީސް ޔާމީން އާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
އޯއައިސީގެ އަމީންއާއްމު
އޯ.އައި.ސީ.ގެ ސެކްރެޓަރީ ޖެނެރަލް އާއި ރައީސް ޔާމީން ބައްދަލުކުރައްވައިފި
ޑރ. އުތައިމީން ރާއްޖެ ވަޑައިގަތީ ޑާކާގައި ބާއްވާ އޯއައިސީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން

އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އަމީންއާއްމު ޑރ ޔޫސުފް ބިން އަޙްމަދު އަލް އުތައިމީން، ރައީސް ޢަބްދުﷲ ޔާމީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ބުދަ ދުވަހު ރައީސް އޮފީހުގައެވެ. 

މި ބައްދަލުކުރެއްވުމުގައި، އޯ.އައި.ސީ. އަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ އެންމެ ވަރުގަދަ ޖަމުޢިއްޔާކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި އެހެން އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން، އޯ.އައި.ސީ. މެދުވެރިކޮށް އިތުރަށް ވަރުގަދަކުރުމާއެކު، ބައިނަލްއަޤުވާމީ މައިދާނުގައި އޯ.އައި.ސީ.ގެ ދައުރު އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު ދެބޭފުޅުން ވާހަކަފުޅު ދެއްކެވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި، ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގައި އޯ.އައި.ސީ.ގެ މަންދޫބުން ޙަރަކާތްތެރިވުމާއި، ދިވެހިރާއްޖޭގެ މިހާރުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އޯ.އައި.ސީ. އިން އެހީތެރިވާނެ ގޮތްތަކާމެދުވެސް ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ވަޑައިގަތީ އަންގާރަ ދުވަހު، 2 ދުވަހުގެ ދަތުރުފުޅެއްގައެވެ. ޑރ. އުތައިމީން ރާއްޖެއަށް ވަޑައިގެންފައިވަނީ ޑާކާގައި ބާއްވާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް