ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 04:43
މަހުލޫފް ކޯޓަށް ހާޒިރުކުރުމަަށް ފަހު ދޫނިދޫއަށް ގެންދަނީ
މަހުލޫފް ކޯޓަށް ހާޒިރުކުރުމަަށް ފަހު ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
އަހުމަދު މަހުލޫފް
މަހުލޫފަށް ކުރާ ހަތަރު ވަނަ ދައުވާގެ އަޑުއެހުން ފަށާނީ
ހަތަރު ވަނަ ދައުވާގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައި ވަނީ މިއަދު 1:00 ގައި

ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށްކުރާ ހަތަރު ވަނަ ދައުވާގެ އަޑުއެހުން ތާވާލްކޮށްފައެވެ.

މަހުލޫފްގެ މައްޗަށް ކުރާ ހަތަރު ވަނަ ދައުވާގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހު 1:00 ގައި ކްރިމިނަލް ކޯޓުގައެވެ. އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒިފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ތަހުމަތުގައެވެ.

މަހުލޫފްގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒިފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅިކަމަށް ބުނެ ދައުވާ އުފުލާފައި ވަނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އެއްވުމުގެ ބައިވެރިންނަށް މާސްކް ބެހުމާއި ގުޅިގެންނެވެ. 

މި މައްސަލާގެ އިތުރުން މަހުލޫފްގެ ތިން މައްސަލައެއް މިހާރުވެސް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއީ މާފުށި ޖަލުގައި ގައިދީން މަރަނީ ކަމަށް ވިދާޅުވެ، މަހްލޫފް ކުރެއްވި ޓްވީޓާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދާއުވާއާއި، މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާކުރި މައްސަލައާއި ގުޅިގެން މަހުލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގުޅޭ ގޮތުން މަހުލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން އެނާގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ ދައުވާއެވެ.

މަހުލޫފު މިހާރުވެސް ހުންނެވީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގޭ ބަންދުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް