ކ. މާލެ
|
2 މެއި 2018 | ބުދަ 13:21
ޓްރާންޕޭރެންސީ މޯލްޑިވްސް ގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހްމަދު ތޮލާލް
ޓްރާންޕޭރެންސީ މޯލްޑިވްސް ގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހްމަދު ތޮލާލް
އާއިޝަތު ލުދްނާ
މަސައްކަތްތެރިންގެ ދުވަސް
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވެމުން ނުދޭ: ޓްރާންޕޭރެންސީ ތޮލާލް
މަސައްކަތްތެރިންގެ ދުވަސް ރަސްމީ ބަންދު ދުވަހަކަށް ވުން ފިޔަވާ އިތުރުކަމެއް ކުރެވޭކަމަކަށް ޤަބޫލެއް ނުކުރެވޭ
ރާއްޖޭގައި އުޖޫރައެއް ނެތި މަސައްކަތްކުރާ މީހުންގެ ނުވަދިހަ އިންސައްތައަކީ އަންހެނުން
މޭޑޭ މުޒާހަރާގައި ހައްޔަރު ކޮށްފައިވާ ފަރާތްތައް ޖަލުގައި ހޭދަކުރަމުންދާތާ މިއަދަށް ތިން އަހަރު

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގެ އެއްވެސް މަސައްކަތެއް ރާއްޖޭގައި ކުރެވެމުން ނުދާކަމަށް އެޗް.އާރް.ސީ.އެމްގެ ކުރީގެ ނައިބު ރައީސް އަދި ޓްރާންޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން އަންގާރަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހްމަދު ތޮލާލް ވިދާޅުވީ މަސައްކަތްތެރިންގެ ދުވަސް ރަސްމީ ބަންދު ދުވަހަކަށް ވުން ފިޔަވާ އިތުރުކަމެއް މޭޑޭގައިވެސް އަދި މުޅި އަހަރުގެ ތެރޭގައިވެސް ކުރެވޭކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ސަބަބެއްގެ ގޮތުގައި، މަސައްކަތްތެރިންގެ ދުވަހެއް ފާހަގަ ކުރާއިރު މަސައްކަތްތެރިންގެ ވަޒީފާގެ ޔަގީންކަމެއް ނެތްކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީން އިހްތިޖާޖު ކުރުމުގެ ހައްގު ކޮންމެ މަސައްކަތްތެރިއަކަށްވެސް ލިބިފައިވާއިރު، މަސައްކަތްތެރިންނަށް ހިތްހަމަ ނުޖެހުން ފާޅުކުރެވޭނެ ގޮތެއް ނެތްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ކުޅުދުށްފުށި އެއާޕޯޓް އެޅުމަށްޓަކައި ކުޅުދުއްފުށި ކުޅި ބޭނުންކޮށްގެން ކުރަމުން އައި މަސައްކަތް ހުއްޓުމުގެ ސަބަބުން ގެއްލިގެން ދިޔައީ ގާތްގަނޑަކަށް 400 އެއްހާ އާއިލާގެ އާމްދަނީކަމަށްވެސް ތޮލާލް ވަނީ ފާހަގަކުރައްވާފައެވެ. މިއަދު ޓީވީތަކަށް އަރާ އިގްތިޞާދީ ތަރައްޤީ ގެންނަ ވާހަކަ ދައްކާއިރު ހަޤީޤީ ތަރައްޤީއަކީ އާންމު ރައްޔިތުންގެ ތަރައްޤީއާ އާންމު ރައްޔިތުންނަށް ލިބޭ މަންފާކަމަށް އޭނާ ވިދާޅުވިއެވެ.

ތޮލާލް އިތުރަށް ވިދާޅުވީ ރާއްޖޭގައި އުޖޫރައެއް ނެތި މަސައްކަތްކުރާ މީހުންގެ 90 އިންސައްތައަކީ އަންހެނުންނެވެ. މިއަދުވެސް ދިވެހިރާއްޖޭގައި އަންހެނުންނާ ފިރިހެނުންނާ ދެމެދު އޮންނަ ވަޒީފާގެ ތަފާކުރުން އަދިވެސް އޮންނަކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި އަންހެނުން ވަޒީފާގެ މާހައުލަށް ނިކުންނައިރު ދިމާވާ މައްސަލަތަކަށް އަލި އަޅުވާލަމުން ތޮލާލް ވަނީ ދެ ހާލަތެއްގައި މޫނު ބުރުގާ އެޅުމުގެ ސަބަބުން ވަޒީފާއިން ވަކިކުރި މައްސަލަ ފާހަގަކޮށްފައެވެ.

"ކޮންމެ ގޮތަކުންވެސް ވަޒީފާ އަދާކުރަން ބޭނުންވާ މީހާ ވަޒީފާ އަދާކުރަން ދާއިރުގައި އޭނާ ލާފައި ހުންނަ އެއްޗެއްގެ ސަބަބުން ވަޒީފާއިން ވަކިކުރީމާ އެނަގައިގަނެވެނީ އެމީހާގެ މަސައްކަތްކުރުމަށް އޮތް ބާރުވެރިކަން،" އޭނާ ވިދާޅުވިއެވެ.

އަދި 2015 ވަނަ އަހަރު މޭޑޭ މުޒާހަރާގައި ހައްޔަރު ކޮށްފައިވާ ފަރާތްތައް ޖަލުގައި ބަންދުކޮށްފައިވާތާ ތިން އަހަރު ވީއިރު، އެއިރު ހައްޔަރު ކުރެވުނު އަބްދުﷲ ރަޝީދު ދައުލަތުން އޭނާއަށް ލިބެންޖެހޭ އަސާސީ ބޭސްފަރުވާ ނުލިބުމުގެ ސަބަބުން ނިޔާވެގެން ދިޔައިރު އޭނާ ޙައްގުތައް ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް