ބީއެމްއެލް އިން އިސްލާމިކް ޕާރސަނަލް ފައިނޭންސް ސްކީމްއެއް ތައާރަފްކޮށްފިއެވެ.
ބުދަ ދުވަހު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފްރެސްގައި މައުލޫމާތު ދެމުން ބީއެމްއެލްގެ އިސްލާމިކް ޑިރެކްޓަރުންކަމަށްވާ ޒުލްގަރްނެއިން ބިން ތަމަން އާއި ފާތުމަތު މަނިކެ އިން ވިދާޅުވީ ޕާރސަނަލް ފައިނޭންސް އަކީ އަމިއްލަ ފަރުދުންނަށް އަމާޒުކޮށްގެން ތައާރަފުކުރާ ސްކީމްއެއް ކަމަށެވެ.
މި ސްކީމް ފަރުމާ ކުރެވިފައި ވަނީ އިސްލާމީ ޝަރީއަތުގެ ހަމަތަކުގެ މަތިން ބައިނަލްއަގްވާމީ މިންގަޑުތަކާއި އެންމެ ރަނގަޅު އުސޫލުތަކުގެ މައްޗަށެވެ.
މި ސްކޫމުން ކަސްޓަމަރުން ގަންނަން ބޭނުންވާ މުދަލުގެ ކޯޓޭޝަން، އެޕްލިކޭޝަން ފޯމާއެކު ހުށައެޅުމުން ބޭންކުން ކަސްޓަމަރަށް އެމުދާ ގަނެދިނުމަށްފަހު ހަތަރު ނުވަތަ ފަސް އަހަރަށް ބަހައިލައިގެން މަހުން މަހަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ސްކީމުގެ ދަށުން ފަންސާހަށް ވުރެ ގިނަ ފިހާރައިން، 100،000 ރުފިޔާއާ ހަމައަށް މުދާ ގަތުމުގެ ފުރުސަތު ލިބެ އެވެ.