ކ. މާލެ
|
1 މެއި 2018 | އަންގާރަ 23:03
މިނިވަން ޗެމްޕިއަންޝިޕްގެ މެޗުގެ ތެރެއިން
މިނިވަން ޗެމްޕިއަންޝިޕްގެ މެޗުގެ ތެރެއިން
އެފްއޭއެމް
މިނިވަން ޗެމްޕިއަންޝިޕް
މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމުތައް ކަށަވަރުވެއްޖެ
މިއަހަރުގެ ޕްރިމިއާ ލީގުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ ތ. ތިމަރަފުށްޓާއި އާއި ފ. ނިލަންދޫ އަދި ށ. ފޯކައިދޫގެ އިތުރުން ބ. ފެހެންދޫ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާ ޓީމުތައް ކަށަވަރުވެއްޖެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅޭ ޓީމުތަކުގެ ތެރެއިން ޕްރިމިއާ ލީގަށް ކޮލިފައިވަނީ ސެމީ ފައިނަލުގެ ޖާގަތައް ހޯދާ ޓީމުތަކެވެ. އެގޮތުން މިއަހަރުގެ ޕްރިމިއާ ލީގުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ ތ. ތިމަރަފުށްޓާއި އާއި ފ. ނިލަންދޫ އަދި ށ. ފޯކައިދޫގެ އިތުރުން ބ. ފެހެންދޫއެވެ.

ތިމަރަފުށި ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސ. ހިތަދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މޮޅާއެކު ތިމަރަފުށި ވަނީ އެ ގްރޫޕްގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ. މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ އަށް ޕޮއިންޓާއެކު އޮތް ފ. ނިލަންދޫއެވެ. އެ ގްރޫޕްގެ ތިންވަނަ މަގާމު ފަސް ޕޮއިންޓާއެކު ހިތަދޫ ހޯދިއިރު ގްރޫޕުގެ ފުލަށް ދިޔަ ގދ. ހޯޑެއްދޫ ކަޓާފައިވަނީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ފޯކައިދޫ ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހއ. މުރައިދޫ 3-2 އިން ބަލިކޮށް ގްރޫޕުގެ އެއްވަނަ މަގާމު 10 ޕޮއިންޓާއެކު ކަށަވަރުކޮށްގެންނެވެ. މި ގްރޫޕްގެ ދެވަނަ މަގާމު ފެހެންދޫއިން ހޯދީ 6-1 އިން ފެންފުށި ބަލިކޮށް ނުވަ ޕޮއިންޓާއެކުއެވެ. މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި ވާދަކުރި މާޅޮހަށް ހަތް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ ލިބުނުއިރު މުރައިދޫ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައިގައެވެ. މި ގްރޫޕްގެ ފުލަށް އެއްވެސް ޕޮއިންޓެއް ނުލިބި ދިޔައީ ފެހެންދޫ އަތުން ބަލިވި ފެންފުށްޓެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ވާދަކުރާނީ މި މުބާރާތުގެ ފައިނަލްގައި 2016 ވަނަ އަހަރު ކުޅުނު ތިމަރަފުށްޓާއު ފެހެންދޫއެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ  ފޯކައިދޫ އަދި ނިލަންދޫއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ގަލޮޅު ދަނޑުގައެވެ.

ޕްރިމިއާ ލީގުގައި ވާދަކުރާނީ މި މުބާރާތުގެ ގަދަ ހަތަރު ޓީމުގެ އިތުރުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް