ކ. މާލެ
|
1 މެއި 2018 | އަންގާރަ 19:15
މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތައް
މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތައް
ޓްވިޓަރ
މޭޑޭ 2015
މޭޑޭގެ ބައިވެރިން ޖަލަށްލާފައިވަނީ ދޮގު ހެކީގެ މައްޗަށް ބިނާކޮށް: ރައީސް ނަޝީދު
ޖަލަށްލާފައިވާ މީހުންގެ މައްޗަށް ހިންގާފައިވަނީ ބޭއިންސާފު ޝަރީއަތެއް
މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރަންޖެހޭ
މޭޑޭގެ މުޒާހަރާ ކުރިއަށްގެންގޮސްފައިވަނީ އަދާލަތު ޕާޓީ އިސްވެ އޮވެ

މޭޑޭގެ މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށް، ހުކުމްކޮށްފައިވަނީ ދޮގު ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

2015 ވަނަ އަހަރުގެ މޭޑޭގައި ކުރިއަށްގެންދިޔަ މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށް، ޖަލަށްލާފައިވާ ފަރާތްތަކާއި ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފަިއވަނީ ޖަލަށްލާފައިވާ މީހުންގެ މައްޗަށް ހިންގާފައިވަނީ ބޭއިންސާފު ޝަރީއަތެއް ކަމަށެވެ. އަދި އެ ޝަރީއަތްތައް ހިންގާފައިވަނީ ދޮގު ހެކީގެ މައްޗަށް ބިނާކޮށް ކަމަށާއި، މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް ގޮވާލާކަމަށެވެ. 

މޭޑޭގެ މުޒާހަރާއާއި ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް، އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު، އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ، އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު، އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމްގެ އިތުރުން ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދާއި އިބްރާހިމް ލަބާން ޝަރީފްގެ މައްޗަށް ހުކުމްކޮށް ވަނީ ޖަލަށްލާފަ އެވެ. 

މީގެ ތެރެއިން ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ރައީސް މުހައްމަދު ނަޝީދު ވަނީ އަބްދުﷲ ރަޝީދުގެ ހަނދާންކޮށްވެސް، ޓުވީޓްކުރައްވާފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް