ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 19:30
ރައީސް ނަޝީދާއި ޤާސިމް އިބްރާހިމްވެސް ވަނީ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ތަކުރާރުކޮށް ވިދާޅުވެފައި
ރައީސް ނަޝީދާއި ޤާސިމް އިބްރާހިމްވެސް ވަނީ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ތަކުރާރުކޮށް ވިދާޅުވެފައި
12 މެމްބަރުންގެ ގޮނޑި
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ރައީސް ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރު ހުންނަން ޖެހޭ
އުއްތަމަ ފަނޑިޔާރު ހުންނަވައިގެން މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ވަނީ ކަނޑައަޅާފައި: ރައީސް ނަޝީދު
ސުޕްރީމް ކޯޓުގެ ނިންމުމުން މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ކަށަވަރުވޭ: ޤާސިމް

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގޭ ކަމަށް ބުނުމުން، އެމެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަނެއްކާވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސިލޯނުގައި ހުންނަވައިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ދެންނެވޭ އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓަކީ އުއްތަމަ ފަނޑިޔާރު ހުންނަވަން ޖެހޭ ތަނަކަށްވެފައި، އުއްތަމަ ފަނޑިޔާރު ހުންނަވައިގެން އެމެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވަނިކޮށް، އުއްތަމަ ފަނޑިޔާރު ނެތި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ބުނުމުން، ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން ކަމަށެވެ. 

12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި، އެމެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި އަމުރު ކުރި ނަމަވެސް، އެމެމްބަރުންގެ ގޮނޑީގެ މައްސަލަ ހިމެނޭ ސުޕްރީމް ކޯޓުގެ އަމުރުގެ ބައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ޙަމީދު ހައްޔަރު ކުރުމަށް ފަހު އަނެއް 3 ފަނޑިޔާރުން ވަނީ ބާޠިލްކުރައްވާފައެވެ. އަދި އެމެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، މަޖިލީހުގެ ޤާނޫނީ ޢަދަދު ހަމަނުކޮށް ބޭއްވި ޖަލްސާއަކުން އެންޓި ޑިފެކްޝަންގެ ޤާނޫނު ފާސްކުރުމުން، ޙާލަތުއްޟަރޫރާގެ ދަށުން އެޤާނޫނު ސައްހަކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

އަދި އެއާއިއެކު އެ 12 ދާއިރާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ބަޖެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފިނޭންސް މިނިސްޓްރީގައި އެދިފައެވެ. 

މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވީ އެންޓި ޑިފެކްޝަން ޤާނޫނާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުން ވެސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސާފުކޮށް އެނގޭ ކަމަށެވެ. އެގޮތުން 13 ޖުލައިގެ ފަހުން ޕާޓީ ބަދަލު ކުރާ މެމްބަރުންގެ މައްޗަށް އެޤާނޫނު ހިނގާއިރު، އެ 12 މެމްބަރުން ޕާޓީއިން ވަކިވުމުގެ އިޖުރާޢަތްތައް އޭގެ ކުރިން ފުރިހަމަ ކޮށްފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 މެއި 2018 | ބުދަ 06:42
12
ދެތިން މިނެޓް ލަސްވި ނަމަ ފާރިސް އާއި އަދީބު މިނިވަން ވާނެ؟
30 އޭޕްރިލް 2018 | ހޯމަ 15:15
ޚަބަރުދާރު
ތިއީ އާ ކަމެއްތަ؟ ތަސްބީޙައެއްހެން އަބަދު ތިހެން ކިޔާލަ ކިޔާލައެންނު އިދިކޮޅު އެންމެންވެސް ތި ތިބެނީ. މިހާރު ތަންކޮޅެއް އާ ޚަބަރުކޮޅެއް ގެނެސްދޭން ވެއްޖެއެންނު. މިހާރު ފޫހިވެއްޖެ ތިކަހަލަ ތާކުންތާކު ނުޖެހޭ އެއްޗެހި ޚަބަރުގެ ގޮތުގައި ގެންނާތީ.