ނުވަ މަހާއި އަށާރަ ދުވަހު ޖަލަށްލުމަށް ހުކުމް ކޮށްފައިވާ މީހެއް އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މާބައިދޫ ކައުންސިލްގެ ރައީސް އަލީ ފައިސަލް ވިދާޅުވީ އުމުރުން 31 އަހަރުގެ ފިރިހެނެއް ހޯމަ ދުވަހު މެންދުރު ވަގުތެއްގައި ދަންޖެހި މަރުވެފައިވާ ކަމަށެވެ. ދަންޖެހިގެން މަރުވި މީހާއަކީ މާބައިދޫ ކޯޓުން ނުވަ މަހާއި އަށާރަ ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާ މީހެކެވެ. ހުކުމް ކުރި ނަމަވެސް ކަރެކްޝަނުން އޭނާ އާއި ހަވާލުވަންދެން އޭނާ ހުރީ ކައުންސިލްގެ ބެލުމުގެ ދަށުގައެވެ.
މާބައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އެރަށު ދެކުނު ފަރާތުގައި ގާއިމްކޮށްފައިވާ މަސްކައްކާ ސައިޓް ކައިރީގައި ކަމަށެވެ.