ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 15:00
މާފުށި ޖަލަށް އެތެރެކުރަން އުޅުނު ތަކެތި
މާފުށި ޖަލަށް އެތެރެކުރަން އުޅުނު ތަކެތި
މޯލްޑިވްސް ޕޮލިސް ސާރވިސް
ޖަލަށް މަސްތުވާތަކެތި
މަސްތުވާތަކެއްޗާއި 17 ސިމްކާޑު ޖަލަށް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
17 ސިމްކާޑު ފެނިފައިވޭ
މަނާ ބޭސް 90 ގުޅަ އާއި މަސްތުވާ އެއްޗެއް އަޅާފައިވާ ޕެކެޓްތަކެއް ފެނިފައިވޭ
އެ އަންހެން މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހާފައި

ކ. މާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކ. މާފުށި ޖަލަށް މަސްތުވާތަކެއްޗާއި 17 ސިމްކާޑު އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ އަންހެނެއް ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ އަންހެންމީހާ ހައްޔަރުކޮށްފައި ވަނީ އޭޕްރީލް 28 ވަނަ ދުވަހުގެ ވަގުތެއްގައި މާފުށިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުޑަ ތިން ރަބަރު ޕެކެޓާއި ބޮޑު ތިން ރަބަރު ޕެކެޓާއި 90 ގުޅަ މަނާ ބޭހުގެ އިތުރުން 17 ސިމްކާޑު އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް