ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 13:41
ސަންގުޓީވީގެ
ސަންގުޓީވީގެ
މުހައްމަދު ޝަރުހާން
ސަންގު ޓިވީ ޖޫރިމަނާކުރުން
ސަންގުޓީވީގެ އެއްލައްކަ ރުފިޔާގެ ޖޫރިމަނާ ބްރޯޑްކޮމްއާ ހަވާލުކޮށްފި
މައާފަށް ވެސް އެދެން އަންގާފައިވޭ
އެކަމަކު މާފަށް އެދޭނީ ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް
ފައިސާ ދެއްކުމަށް ފަހު ކޯޓަށް މައްސަލަ ހުށަހަޅާނެ

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ސަންގުޓީވީ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައި ވާތީ އެ ޖޫރިމަނާ ފައިސާ އެ ކޮމިޝަނާ ހަވާލުކޮށްފިއެވެ.

ސަންގުޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ ބްރޯޑްކޮމް އިން ސަންގުޓީވީ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމުން ހޯމަ ދުވަހުގެ ހެނދުނު 09:30 ގައި އެފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ފައިސާ ކޮމިޝަނަށް ގެންދިޔައީ ފައިސާ އެއްކުމަށް ހުޅުވި ފައިސާ ޖާޑީގައެވެ.

 

ބްރޯޑްކޮމް އިން ސަންގު ޓީވީ އެއް ލައްކަ ރުފިޔާ އިން ޖުރިމާނާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ރޭ މުސްތަފާ ދެއްކެވި ވާހަކަތަކެއް ވަގުތުން ގެނެސްދެމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މުސްތަފާ "އަވަގުރާނަ ގޮވި" ކަމަށް ބުނެއެވެ.

މިމައްސަލާގައި ސަންގު ޓީވީ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، މާފަށް އެދެން އަންގާފައި ވެސް ވެއެވެ. ނަމަވެސް މައާފަށް އެދޭނީ ޖޫރިމަނާ ކުރި މައްސަލަ ކޯޓުން ނިމޭ ގޮތުގެ މަތިން ކަމަށް ސަންގު ޓީވީން ބުނެއެވެ.

މިއީ އަބުރުގެ ގާނޫނުގެ ދަށުން ސަންގުޓީވީ ޖޫރިމާނާ ކުރި ފުރަތަމަ ފަހަރެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް