ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 14:52
ލ. ގަން ތުނޑީ ހަރުގެ
ލ. ގަން ތުނޑީ ހަރުގެ
ރާއްޖެއެމްވީ
ލ.ގަން
ލ. ގަމު ތުނޑީ އެމްޑީޕީ ހަރުގޭގައި ހުރި ޓީވީ ތަޅާލައިފި
މި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށައަޅާފައި

ގަމު ތުނޑީ އެމްޑީޕީ ހަރުގޭގައި ހުރި 65 އިންޗީގެ ޓީވީ ހޯމަދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ތަޅާލައިފިއެވެ.

ގަލަކުންޖަހައި ޓީވީ ތަޅައިލީ ކޮން ބައެއް ކަމެއް ނޭނގެއެވެ. އަދި ތުހުމަތު ކުރެވޭ ވަކި ބަޔަކު ވެސް ނެތެވެ. މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭ ލ. ގަމުގައި ބޭއްވި ހަފުލާއެއްގައި ގަމުގައި ތިބި ޕީޕީއެމްގެ ގިނަ ޢަދަދެއްގެ މެންބަރުން އެމްޑީޕީ ކޯލިޝަނާ ގުޅި ރައީސް ޔާމީން ހުއްޓުވަން މަސައްކަތް ކުރަން ނިންމުމާ ގުޅިގެން ލ. ގަމު ޕީޕީއެމް މެމްބަރުންގެ މެދުގައި މަސްލަހަތު ގެއްލި ބައިބައިވުން އުފެދިފައިވެއެވެ.

 

ތުނޑީ ހަރުގޭގައި ހުރި ޓީވީ ތަޅާލާފަ

އެމްޑީޕީ ގަމު ދާއިރާގެ ރައީސް މުޙަންމަދު ޝިޔާމް ވިދާޅުވި ގޮތުގައި ކޮންމެ ބަޔަކު ކުރި ކަމެއް ކަމުގައި ވިޔަސް އެއީ ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެކެވެ. އަދި އެމްޑީޕީ ހަރުގޭގައި ހުރި ޓީވީ ތަޅާލިޔަސް ގަމުގައި ހިންގާ އެމްޑީޕީ ހަރަކާތްތަކެއް ނުހުއްޓުވޭނެ ކަމަށާއި އެމްޑީޕީ ހަރުގެއަށް އާ ޓީވީއެއް ގަތުމަށް މިއަދު ހަވީރު 4:00 ގައި ފަންޑުފޮށި ހުޅުވާނެ ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 އޭޕްރިލް 2018 | ހޯމަ 10:38
ގަމު މީހާ
އަޞްލު މިރަށަކީ ސިޔާސީ ކަންކަމުގަ މިކަހަލަ ނާތަހުޒީބު އަމަލްތައް ނިސްބަތުން މަދު ރަށެއް، ، މިރަށުގަ އެބައޮތް ދެޕާޓީ މީހުންވެސް ސިޔާސީ ފިކުރު ފޯޑިއަމްއިން ފައިބާ އެއްކޮށް ކޮފީއަށް އަރާ އެއްވެސް ދެކޮޅުވެރިކަމެއް ނެތި އުޅެވޭ މާހައުލެއް.. މިކަން މިގޮތަށް އޮއްވާ އެއްވެސް ބަޔަކު މިފަދައިން އަމަލު ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން... އަދި މީގެ ރައްދުގައި އެފަދަ ގޮތަކަށް އަނެއްކޮޅުން ރައްދު ދިނުމަކީވެސް އެދެވިގެންވާ ކަމެއް ނޫން....