ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 12:36
ޝެއިހް އަލީ ޒައިދު
ޝެއިހް އަލީ ޒައިދު
ޓްވިޓަރ
ދީން ހުއްދަ ނުކުރާ ޝޯވތައް
ދީން ހުއްދަ ނުކުރާ ޝޯވތަކަށް ބޮޑެތި ކުންފުނިތަކުން ކުރާ ޚަރަދު ހުއްޓާލަންޖެހޭ: ޝެއިހް ޒައިދު
ކޮންމެ އަހަރެއްގެ "ނިއު އިޔާރ ނައިޓް ޝޯވ"ތައް ދަނީ ބާއްވަމުން
ސަރުކާރުން ކުންފުނިތަކުން ބޮޑެތި ޚަރަދު ކޮށްފައިވޭ

އިސްލާމްދީން ހުއްދަ ނުކުރާ ޝޯވތަކަށް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ކުރާ ހޭދަ ހުއްޓާލުމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ގޮވާލައްވައިފިއެވެ.

މަދީނާ ޔުނިވަރސިޓީގެ ގްރެޖުއޭޓް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލެކްޗަރަރ ޝެއިހް ޒައިދު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބޮޑެތި ކުންފުނިތަކުން ދީން ހުއްދަ ނުކުރާ ޝޯވތަކަށް ކުރާ ހޭދަ ހުއްޓާލަންޖެހޭ ކަމަށެވެ. ޝެއިޚް ޒައިދު ވިދާޅުވީ އެހެން ދެންނެވުމުން ބައެއް މީހުން އެކްސްޓްރީމިސްޓެކޭ ބުނެފާނެ ކަމަށެވެ. ނަމަވެސް ﷲގެ އިންތައް ފަހަނަ އަޅައިގޮސް، ދީން ހުއްދަ ނުކުރާ ކަންކަންކޮށް އުޅޭ މީހުންނަކީ އަސްލު އެކްސްޓްރީމިސްޓުން ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

 

ޝެއިހް ޒައިދު އެގޮތަށް ވިދާޅުވިއިރު، ދިވެހި ރައްޔިތުންގެ ނަމުގައި ސަރުކާރުން އުފައްދާފައިވާ ވިޔަފާރި ކުރާ ގިނަ ކުންފުނިތަކުން ދީން ހުއްދަ ނުކުރާ ޝޯވތައް ބާއްވަމުންދާ ކަމަށް ދީނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވާއިރު، ރާއްޖޭގެ ބައެއް ބޮޑެތި އަމިއްލަ ކުންފުނިތަކުން ވެސް އެފަދަ ހަރަކާތްތައް ޚަރަދު ކުރަމުންދާކަން ކަން އެ ފަރާތްތަކުން ފާހަގަކުރައްވައެވެ.

އެގޮތުން ސަރުކާރުގެ ކުންފުނިތަކުން ސްޕޮންސަރ ކޮންގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮންމެ މީލާދީ އާ އަހަރެއް ފާހަގަ ކުރަމުންދަނީ މިދަފަ ޝޯވތައް ބާއްވައިގެން ކަމަށް ގިނަ ދީނީ އިލްމުވެރިން ވިދާޅުވަމުން ދެއެވެ. 

މިއަހަރުގެ "ނިއު އިޔާރ ނައިޓް ޝޯވ"ގައި ވެސް ރާއްޖޭން ބޭރުގެ ދެ ޖިންސުގެ ފަންނާނުންނާއި ދިވެހި ފަންނާނުންގެ ޝޯވއެއް ބާއްވާފައިވާއިރު، އެ ޝޯވގައި ނިވާކަން ކުޑަ ހެދުން އެޅުން ފަދަ ކަންކަން ވަނީ ފެންމަތި ވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް