ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 06:39
ކްރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ
ކްރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ޓެރަރިޒަމްގެ ދައުވާ
ކްރިމިނަލް ކޯޓުގެ ހޯމަ ދުވަހުގެ ޝެޑިއުލް: ސިޔާސީ ބޭފުޅުންނަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ދުވަހެއް!
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފަިއވަނީ ހަވީރު 5:00 އަށް
ފަނޑިޔާރު އަލީ ހަމީދު މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާއެއްގެ އަޑުއެހުން ވަނީ ތާވަލްކޮށްފަ
އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފަިއވަނީ މެންދުރުފަހު 2:00 އަށް

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލްކޮށްފި އެވެ. 

ކްރިމިނަލް ކޯޓުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ހޯމަ ދުވަހުގެ ހަވީރު 5:00 އަށް ތާވަލްކޮށްފައިވާއިރު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުމެއް ތާވަލްކޮށްފައި ވަނީ ހެނދުނު 10:00 އަށެވެ. 

ފަނޑިޔާރު އަލީ ހަމީދު މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާއެއްގެ އަޑުއެހުން ތާވަލްކޮށްފައިވާއިރު، ފުރަތަމަ އަޑުއެހުން އޮތީ ހެނދުނު 10:00 އަށެވެ. ދެވަނަ ދައުވާ ތާވަލްކޮށްފައިވަނީ 11:00 އަށެވެ. 

ދެ ފަނޑިޔާރުންގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މެންދުރުފަހު 02:00 އަށެވެ. 

މި ޝަރީއަތްތަކުގެ އިތުރުން، ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ ދެ މުވައްޒިފެއްގެ ބަންދާއިމެދު ގޮތެއް ނިންމުންވެސް މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ. އެގޮތުން މިއަދު މެންދުރު ފަހު 3:00 އަށް ތާވަލްކޮށްފައިވަނީ ނަޖުމާ އިބްރާހިމާއި، މުހައްމަދު އަޒްމީދުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސް އެވެ. އެ ދެ މީހުންގެ ތެރެއިން ނަޖުމާ ގޭ ބަންދުގައި ހުރިއިރު، އަޒްމީ ހުރީ ޖަލު ބަންދުގަ އެވެ. 

ދައުލަތުން އެ ދެ މީހުންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ ތުހުމަތު އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް