ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 18:59
ޓްރެކް ސަރަހަައްދަށް ކުނި ޖަމާވެފައި
ޓްރެކް ސަރަހަައްދަށް ކުނި ޖަމާވެފައި
ރާއްޖެ އެމްވީ
މާލޭ ކުނީގެ މައްސަލަ
މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!
ލޮނުގަނޑުން ނުބައި ވަސް ދުވާ، ލޮނުގަނޑަށް ވަނީ އަސަރުކޮށްފަ
ފަތަން ދަސްކުރަން ޓްރެކަށް ދާން ޖެހެނީ މަޖުބޫރުވެގެން
ޒިންމާ ނަގާނެ ފަރާތެއް ނެތް ކަމަށް ފަތާ މީހުން ބުނޭ

މާލޭ ޓްރެކް ސަރަހައްދަކީ ގިނަ ބަޔަކު ކޮންމެ ދުވަހަކު މޫދަށް ދާ ސަރަހައްދެކެވެ. ކުޑަ ކުދިންނާއި ބޮޑަތި މީހުންނެވެ. ކުޑަ ކުދިންނަން ފަތަން ދަސްކޮށްދިނުމަށް ސްކޫލްތަކުގެ ފަރާތުންނާއި، ޖަމިއްޔާތަކުގެ ފަރާތުން ކޮންމެ ދުވަހަކު ދެއެވެ. އެމީހުން އެސަރަހައްދަނީ ފަތަން ދަސްކުރަން އިތުރު ތަނެން ނެތުމުންނެވެ. މިހެން މިކަން އޮތް އިރު، ޓްރެކް ސަރަހައްދު ބަލަހައްޓާ ފަރާތުން އެކަން ގަބޫލު ކުރަންވާނެއެވެ. އެތަން ސާފްކޮށް ބަލަހައްޓަންވާނެއެވެ. ޒިންމާ ވެސް ނަގަންވާނެއެވެ. މިވާހަކަ މިގޮތަށް ދަންކާލަން މި ޖެހުނީ ސަބަބެއް ނެތިގެނެން ނޫނެވެ. ޓްރެކް ސަރަހައްދަކީ މީހުން އެރެން ހެޔޮވާވަރު ސަރަހައްދެއް ނޫން ކަމަށް ވެސް ބުނެވިދާނެއެވެ. ޕްލާސްޓިކް ކޮތަޅު ފަދަ ކުނި އެތަނަން ޖަމާވެއެވެ.

އާދީއްތަ ދުވަހު ގިނަ އަދަދެއްގެ ކުނި ވަނީ އެތަނަން ޖަމާވެފައެވެ. އެހެންކަމުން ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމަށް ހިންގާ ކްލާސްތައް ވެސް ހުއްޓާލަން ޖެހުނެވެ. އެހާ ގިނަ ކުނި އެސަރަހައްދުގައި އޮތުމުން ކޮންމެ މީހެއްގެ ހިތުގައި ވެސް އެތަކެއް ސުވާލުތަކެއް އުފެދެއެވެ. އޮއިވަރަށް އަންނަ ބަދަލާއި އެކު އެތަނަން ކުނި ޖަމާވަނީ ތޯއެވެ؟ ނޫނީ ބަޔަކު ގަސްދުގައި ކުނި އަޅަނީ ތޯއެވެ؟ ކުނި އެތަނުން ނަގަމުން ދިޔަ އިރު ވެސް ފަތަން ދަސްކޮދޭ ކޯޗުންނާއި ކުޑަކުދިން ވެސް ތިއްބެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފަތަން ދަސްކޮށްދޭ ކޯޗެއް ކަމަށް ވާ މުހައްމަދު ޒާހިދު ބުނީ ފަހަކަށް އައިސް ވަރަށް ގިނައިން އެސަރަހައްދަށް ކުނި ޖަމާވާ ކަމަށެވެ. ކުނިތައް ގިނަ ކަމުން ކިތަންމެ ދުވަހަކު ކުޑަކުދިން ޕްރެކްޓިސް ހުއްޓާލާފައި ގެއަށް ދާންޖެހޭ ކަމަށް އޭނާ ބުންޏެވެ. ކުނީގެ އިތުރުން ޓްރެކް ސަރަހައްދުން ނަޖިސް ވެސް ފެންނަ ކަމަށް އޭނާ ބުންޏެވެ.

 

މުހައްމަދު ޒާހިދު ރާއްޖެއެމްވީއަށް މައުލޫމާތު ދެނީ

"މިއީ އާންމުކަމެއް، މިއަދު އެކަނި ވާކަމެއް ނޫން، ހަފްތާއެއްގައި އެއްދުވަސް ދެ ދުވަސް މިހަކަ ހާލެއްގައި އުޅޭނީ، މަހަކު އެއްދުވަސް ދެ ދުވަސް ޕްރެކްޓިސް ނުކޮށް ގެއަށް ދާން އެބަޖެހޭ، މިއަދު ތި ފެންނަނީ ކުނި، އެހެން ދުވަސް ދުވަހު މިތަނުން އެބަ ފެނޭ ނަޖިސް ވެސް، ހަމަ ރޯ ނަޖިސް އެބަފެނޭ، ކުނި މިތަންނަން ވަންނަނީ ކޮންމެ ވެސް ބަޔަކު އަޅާތީ، އަޅާ ދިމާލެއް، ކުނި ވަންނަ ދިމާލެއް އަޅުގަނޑަކަށް ނޭނގޭ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސްއިމިން ކޯޗެއް ކަމަށްވާ ޒާހިދު ބުންޏެވެ.

ޒާހިދު ދެކޭ ގޮތުގައި ކުނި އެޅުމުން އެސަރަހައްދު ސާފު ކުރުމަކީ ވެސް ހައްލެއް ނޫނެވެ. އެއީ ފަތަން ދަސްކޮށްދިނުމަށް ތަނެއް ގާއިމްކޮށްފައި ނެތުމުންނެވެ. ޓްރެކްސަރަހައްދު މިހާރު ބަލަހައްޓަނީ ސްއިމިން އެޝޯސިއޭޝަނުންނެވެ. އެހެން ނަމަވެސް ސާފުކޮށް ބަހަލައްޓަނީ ހައުސިންގް މިނިސްޓްރީން ކަމެއް އަދި ޔޫތު މިނިސްޓްރީން ކަމެއް ވެސް ނޭނގެއެވެ. މިކަމާއި ގުޅިގެން ސްއިމިން އެޝޯސިއޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

" މި ސަރަހައްދު ބަލަހައްޓާ ބަޔަކު އަޅުގަނޑަށް ވެސް ނޭނގެ، ސްއިމިން އެޝޯސިއޭޝަން ކަމެއް، ޔޫތު މިނިސްޓްރީން ކަމެއް، ހައުސިންގް މިނިސްޓްރީ ކަމެއް ނޭނގެ، ކުނި ނަގަން އާދޭ ހެނދުނު މީހަކު، އައިސްފަ މަތީގައި އޮތް ބޮޑު ކުނި ކޮޅު ނަގާފަ ދާނެ، ޕްލެޓް ފޯމް މަތީގައި އޮންނަ ކައިރީގައި އޮންނަ ކުނި ކޮޅު ނެގޭނީ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސްއިމިން ކޯޗެއް ކަމަށްވާ ޒާހިދު ބުންޏެވެ.

ޓްރެކް ސަރަހަައްދަށް ކުނި ޖަމާވެފައި

ގިނަ އަދަދެއްގެ ކުންޔާ ނަޖިސް އެތަނަން ޖަމާވާއިރު، ލޮނު ގަނޑަށް އަސަރުކުރާނެ ކަމަށް އެސަރަހައްދަށް މޫދަށްދާ މީހުން ބުންޏެވެ.

"މީގެ ކުރިން ވެސް މިތަން ވަރަށް ހަނޑިވެގެން ލޮނުގަނޑު ޓެސްޓް ކޮށްގެން، އީޕީއޭ އިން ވެސް މިކޮޅަށް އައިސް ފެން ސާޕަލް ނަގާ،  އެކަހަލަ ކަންތަށް ކުރި، އެކަމު ވެސް އޭގެ ނަތީޖާ އާންމުންނަން ހާމަކުރާކަށް ބޭނުމެއް ނުވޭ، ޔޫތު މިނިސްޓްރީއަށް އެ ނަތީޖާ ދިޔަކަން އަޅުގަނޑުމެންނަން އިނގޭ، ސަރުކާރުގެ ކަމާއި ބެހޭ ފަރާތަކުން އެއަށް ޑިސްކަސް ކުރިކަން ވެސް އިނގޭ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސްއިމިން ކޯޗެއް ކަމަށްވާ ޒާހިދު ބުންޏެވެ.

ޓްރެކް ސަރަހައްދަށް މިގޮތަށް ކުނި ޖަމާވާއިރު، އެސަރަހައްދުގެ ލޮނުގަނޑު ޓެސްޓް ކުރަންޖެހޭ؟ ކަމާއި ބެހޭ ފަރާތަކުން މިކަން ކަމަށް ޖަވާބު ދާރީ ވާން ވެސް ޖެހޭ؟ މިކަންކަން  ހައްލުކުރަންޖެހޭ؟މިއީ ނުފެންނަ ކަމަށް ހަދައިގެން ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ. 
 

- ކޮމެންޓް
29 އޭޕްރިލް 2018 | އާދީއްތަ 18:40
ހުސެން
ރައީސް މީހަ ތިކަންކުރަންވެސް ބުނަންޖެހެނީ! ފަރުދީ ޒިންމާ ކޮބައިތޯ؟