ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 17:13
ފޯޑީއެކްސް ސިނަމާ
ފޯޑީއެކްސް ސިނަމާ
ގެޓީ އިމޭޖަސް
ސައުދީ ސިނަމާ
އާންމުންނަށް ސިނަމާ ހުޅުވުމަށްފަހު ސައުދީގެ މިސްރާބު ފޯޑީއެކްސް ސިނަމާއަށް
ސައުދީގައި އާންމުކޮށް ސިނަމާ ހުޅުވާފައިވަނީ މިމަހުގެ 18 ގައި

އާންމުކޮށް ފިލްމު ދެއްކުން ގާތްގަނޑަކަށް 35 ވަރަކަށް އަހަރަށް ވުރެ ދިގު މުއްދަތަކަށް މަނާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް ސިނަމާ ހުޅުވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގައެވެ.

މިމަހުގެ 18 ވަނަ ދުވަހު އާންމުކޮށް ސިނަމާ ހުޅުވުމަށް ފަހު އެ ގައުމުން މިހާރު ތައްޔާރު ވަމުންދަނީ ފެންނަ މަންޒަރުގެ މާހަވްލު އިހުސާސްކުރެވޭނެ ގޮތަށް ފަރުމާކުރެވޭ ފޯޑީއެކްސް ސިނަމާއަށެވެ.

ޚަބަރުތައް ބުނާގޮތުގައި ފޯޑީއެކްސް ސިނަމާ ސައުދީގައި ހުޅުވުމަށް ދުނިޔޭގެ މަޝްހޫރު ފޯޑީ ސިނަމާކުންފުނި ސީޖޭ ފޯޑީ ޕްލެކްސް އާއި އެކު ވަނީ މަޝްވަރާ ކޮށްފައެވެ. އެކުންފުންޏަކީ ސައުތު ކޮރެއާގެ ވެރިރަށް ސޯލްއަށް ނިސްބަތްވާ ކުންފުންޏެކެވެ.  ސައުދީގައި ފޯޑީއެކްސް ސިނަމާ ހުޅުވާނީ އެގައުމުގެ ރިޔާދުގައި ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ސިނަމާގެ ޚިދުމަތް ދެވޭވަރުވާނެ ކަމަށް ސައުދީން ވަނީ ބުނެފައެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ދި ޑިވެލޮޕްމެންޓް އެންޑް އިންވެސްޓްމެންޓް އެންޓަރޓެއިން ކޮމްޕެނީއާއި އޭއެމްސީ އެންޓަރޓެއިންމެންޓް ގުޅިގެން މިމަހުގެ 18 ގައި އެންމެ ފުރަތަމަ ސިނަމާ ހުޅުވާފައިވަނީ ރިޔާދްގައި ހުންނަ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގައެވެ.

ސައުދީއާއި އެ ގައުމުން ބޭރުގެ އެތައް މެހެމާނުންނެއް ހާޒިރުވި މި ރަސްމިއްޔާތުގައި ސިނަމާގައި ފުރަތަމަ އަޅުވާފައިވަނީ މާވެލްގެ ސުޕަހީރޯ ފިލްމު ބްލެކް ޕެންތާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް