ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 16:18
ރައީސް އޮފީސް
ރައީސް އޮފީސް
ރިޒްނާ ޒަރީރު
ރަމަޟާން 1439
މިއަހަރުގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 14:00އަށް
ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑިއަކީ 10:00 އިން 14:00 އަށް
ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ބުދަ ދުވަހަށްވެއްޖެނަމަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު

މިއަހަރުގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން 14:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަހަރުގެ ރަމަޟާންމަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށް ކަމުގައި ރައީސް ޔާމީން ހަމަޖައްސަވައިފި ކަމަށެވެ. އަދި، މިއަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީވެސް ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށް ކަމުގައި ވަނީ ހަމަޖައްސަވާފަ އެވެ.

މީގެއިތުރުން، ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މޭ 16 ވާ ބުދަ ދުވަސްކަމަށް ވެއްޖެނަމަ، މޭ 17 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ހަމަޖައްސަވާފައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މިގޮތަށް މިއަހަރުގެ ރަމަޟާންމަހުގެ ރަސްމީގަޑި ހަމަޖެއްސެވުމާ ގުޅިގެން، ރަސްމީގަޑިއަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކުރައްވާފަ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް