ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 14:47
ދިވެހި ސިފައިން މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރެފައި (ފައިލް ފޮޓޯ)
ދިވެހި ސިފައިން މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރެފައި (ފައިލް ފޮޓޯ)
އަޒުމޫން އަހުމަދު
ރައްޔިތުންގެ މަޖިލިސް
ރިޔާޒު ރަޝީދުގެ ދަބަސް މަޖިލީހުގެ ސެކިއުރިޓީން ޗެކްކުރުމުން ބަހުގެ ހަމަލާއެއް މަޖިލީހުގެ އިދާރާއަށް!
އެއީ މަޖިލީހުގެ މެމްބަރުންގެ ކަރާމާތް ގެއްލުވާލުން
ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް މަޖިލީހުގެ ގަވާއިދުގައި ލިޔެވިފައި އެބައޮތް
މަޖިލީހުގެ އިދާރާގެ ކަންކަން މިދަނީ ހަމަ ރަނގަޅަށް: މަސީހު

ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު މަޖިލިހަށް ގެންދަވާ ދަބަސް މަޖިލީހުގެ ސެކިއުރިޓީން ޗެކުކުރުމުން އެކަމާ ރިޔާޒު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް، މަޖިލީހުގެ ސެކިއުރިޓީންނަށާއި މަޖިލީހުގެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހަށް ހުށަހަޅާފައިވާ އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށްފަހު ރިޔާޒު ވިދާޅުވީ މެމްބަރުން މަޖިލީހަށް ވަދެވަޑައިގަންނަވަން އަންނައިރު މަޖިލީހުގެ ސެކިއުރިޓީން މެމްބަރުން ބަލާފާސް ކުރުމަކީ މެމްބަރުންގެ ކަރާމަތް ގެއްލޭ ކަމެއް ކަމަށާއި އެފަދަ ކަންކަމުގައި އަމަލު ކުރާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި އޮންނާނެ ކަމަށެވެ. 

"އަޅުގަނޑު މި މަޖިލީހަށް ވަދެގެންއައިއިރުގައި މި ދަބަހަކީ (ދަބަސް ދައްކާލަމުން) މީ އާއްމު ގޮތެއްގައި އަޅުގަނޑު ޑޮކިއުމަންޓްސް ގެންގުޅޭ ދަބަހެއް. މިދަބަހާއެކުގައި އަޅުގަނޑު މިތަނަށް ވަންނަންއައިއިރުގައި ސެކިއުރިޓީން ހުއްޓުވާ އެ ހިންގި އަމަލުތަކަކީ އެއީ، މަޖިލީހުން އަމަލުކުރާ ގަވާއިދުގައި އެބައޮވޭ މަޖިލީހަށް ވެއްދޭނެ އެއްޗިއްސާ ނުވެއްދޭނެ އެއްޗެއްސާ، އެހެންވީމާ އެހެން އޮންނައިރު އެ އުސޫލާ ހިލާފަށް އެގޮތަށް ކަންތައް ކުރުމަކީ މެމްބަރުންގެ ކަރާމާތަށް ހުރަސްއެޅޭ ގޮތަށް ކުރެވޭކަމެއް. އެކަން އެގޮތަށް ނުކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެހެން އެކަން ކުރާކަމަށްވަންޏާ ދުރާލާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިކަން މިއަދުން ފެށިގެން ހިނގާނީ މިގޮތައްކަން މެމްބަރުންނަށް އެންގުމަކީ ވަރަށް ރަނގަޅު ކަމެއް" ރިޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާޒު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އެއްޗެހި ބާލައި ޗެކްކުރުމަށް ފަހު، މަޖިލީހަށް ވަދެވޭ އުސޫލެއް ނޯންނާނެ ކަމަށާއި މަޖިލީހުގެ އިދާރާއިންނާއި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ވެސް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންކަން މެމްބަރުން ހަދާފައިވާ މަޖިލީހުގެ ގަވާއިދުގައި އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތާ ބޭރުން ހިފަހައްޓާފައި އަޅުގަނޑުމެންގެ އެއްޗެހި ބާލުވާ، ޗެކްކޮށް މިތަނަށް ވެއްދޭ އުސޫލެއް ނޫން އަޅުގަނޑުމެންގެ ތެރޭގައި އޮންނަނީ. ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް މަޖިލީހުގެ ގަވާއިދުގައި ލިޔެވިފައި އެބައޮތް. މަޖިލީހުގެ އެހެން މެމްބަރަކަށް މިކަންވާން އަޅުގަނޑު ނޭދޭތީ މިވާހަކަ ދަންނަވާލީ. މިއީ ރައްޔިތުންގެ މަޖިލިސް، މިތަނުން ކަންކަން ކުރަންވާނީ މެމްބަރުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް. މިކަން މިގޮތަށް ނުކުރާނަމަ އެއީ ވަރަށް ދެރަކަމެއް. ގާނޫނުއަސާސީގެ 105 ވަނަ މާއްދާ ލިޔެފައި އެއޮތީ އޮޅުމަކުންނެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ. 

ގާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންނެވެ. އެމާއްދާގެ (ށ)ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަންވާނެ ކަމަށެވެ.

ރިޔާޒުގެ އެވާހަކައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ކަންކަން ދަނީ ކުރިއަށް ކަމަށެވެ. 

"އިއްޒަތްތެރި މެމްބަރުގެ މައުލޫމާތަށްޓަކައި ދަންނަވާލަން، ކަންކަން އިރާދަކުރެއްވިއްޔާ ހިނގަމުން މިދަނީ އިއްޒަތްތެރި މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާ ގޮތަށް، ކުރިއްސުރެން، އަޅުގަނޑުމެންނަށް އެނގިގެން ހިނގަމުންދާ ކަންތައްތައް. އެހެންވީމާ މިކަންތައްތަކަށް އަޅުގަނޑުމެން އިތުރަށް ސަމާލު ވުމަށް ވަރަށް ރަނގަޅު ވާނެކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވޭތީވެ އަޅުގަނޑު މިވާހަކަ މި ދަންނަވާލެވުނީ،" މަސީހު ވިދާޅުވި އެވެ.

އާދިއްތަ ދުވަހު މަޖިލީހުގެ އިދާރާގައި ރިޔާޒުގެ ދަބަސް ކެޗްކުރުމުން ރިޔާޒު އެކަމާ ނުރުހުން ފާޅުކުރެއްވިއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން "ހަދަނީ ހަދާނެ އެއްޗެއް" ކެވެ. މަޖިލީހުގެ އިދާރާއަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ މެމްބަރުންނަށް ވަދެވަޑައިގެންނެވުމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ހުރަސް އަޅަމުންދާއިރު، މަޖިލީހުގެ ގޭޓް މަތިން ބޭރަށް މަޖިލީހުގެ ބައެއް މެމްބަރުން "އުކާލާފައި" ވެސް ވެއެވެ. 

މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއިކޮށް، މަސީހަކީ މަޖިލީހުގެ ރައީސް ނޫންކަމަށާއި މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައާއެކު މަސީހު ވަނީ ސިފައިން ބޭނުން ކުރައްވައިގެން މަޖިލިސް "ހިސޯރު" ކުރައްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 މެއި 2018 | އަންގާރަ 02:10
ލޯޝާ
އަދި އެންމެން އޮރިޔާންވެސް ކުރާނެ. ހަމަ ދެންޖެހޭނީ ބާރަށް ދެންއަތްޖަހާށޭ ކިޔަކިޔާ ތިބެން.. އަމިއްލައަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރެން "ޙާލަތުއް ޒަރޫރާ" އެބައަންނަ ކަމުގެ ޢަލާމާތުއް ސަބަބިއްޔާ ތިޔަ ފެންނަނީ.. ދެންބާރަށް އަތްޖަހާ
29 އޭޕްރިލް 2018 | އާދީއްތަ 10:17
ހަހަހަ
ދެން ކޮންމެ ކަމެއްކުރިޔަސް ހަމަ ބަލަހައްޓައިގެން ތިބެންޖެހޭނީ. ޑިފެމޭށަން ބިލެއްހަދައިގެން އަމިއްލައަށް ތިތިބީ ބޮނޑި ބޮއެގެން. ޔަގު ކަލޭމެނަށް ދުނިޔެދައްކާނެ