ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 12:54
އިލެކްކްޝަންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެމްޑީޕީއަކީ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ
އިލެކްކްޝަންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެމްޑީޕީއަކީ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ
މުހައްމަދު ޝަރުހާން
ސިޔާސީ ޕާޓީތައް
އޮޑިޓް ރިޕޯޓް ހުށަހެޅުމުން، އެމްޑީޕީއަށް ވެސް ފައިސާ ދޫކުރަން ނިންމައިފި
އެމްޑީޕީއަށް ދޫކުރަނީ 7.5 މިލިއަން ރުފިޔާ
ފައިސާ ދޫކުރަނީ ހަތަރު ޕާޓީއަށް
10،000 މެމްބަރުން ހަމަނުވާތީ ދެ ޕާޓީއަށް ފައިސާ ދުލެއް ނުކުރޭ

އެމްޑީޕީން އޮޑިޓް ރިޕޯޓް ހުށައެޅުމާއެކު، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާގެ ތެރެއިން އެމްޑީޕީގެ މެމްބަރުންގެ އަދަދަށް ބަލައި 7.5 މިލިއަން ރުފިޔާ އެ ޕާޓީއަށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އެމްޑީޕީއަށް ފަހުން ދިން ފުރުސަތުގައި އެ ޕާޓީގެ އޮޑިޓް ރިޕޯޓް ހުށައަޅާފައިވާތީ، އެމްޑީޕީއަށް ވެސް ފައިސާ ދޫކުރުމަށް އެދި މި ހަފްތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ފޮނުވަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ނިންމައި، ފިނޭންސް މިނިސްޓްރީއަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވަން ނިންމީ މިދިޔަ ހަފްތާގައެވެ. އަދި އެމްޑީޕީއަށް އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ވަނީ މުހުލަތެއް ދީފައެވެ.

ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ހަތަރު ސިޔާސީ ޕާޓީއަށް ދައުލަތުގެ ބަޖެޓުން 24 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ. އެ ޕާޓީތަކަކީ އެމްޑީޕީ އާއި، ޕީޕީއެމާއި، އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީއެވެ. އެ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ނިންމައި ފިނޭންސަށް ފޮނުވާނެ ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 24 މިލިއަން ރުފިޔާ ދޫކުރާއިރު، ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައި ކޮންމެ މެމްބަރަކަށް 251.58 ރުފިޔާގެ މަގުންނެވެ. މެމްބަރުންގެ އަދަދަށް ބަލައި އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށެވެ. އެ ޕާޓީއަށް 11.5 މިލިއަން ރުފިޔާ ލިބެއެވެ. ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ ލިބޭއިރު އެމްޑީއޭއަށް ލިބެނީ 2.7 މިލިއަން ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް