ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 10:48
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
އަޅުގަނޑުގެ ކެމްޕެއިން މެނޭޖަރަކީ މެންބަރު އަސްލަމް: ރައީސް ނަޝީދު
ވަކިވަކި ޕާޓީތަކުގެ ޕްރައިމަރީއަށްފަހު ޕާޓީތަކުން އިންތިޚާބަށް ނެރޭނީ އެއް ކެނޑިޑޭޓެއް
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނަން – ރައީސް ނަޝީދު
އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ފަހުވަގުތު ލިބޭނެ – ރައީސް ނަޝީދު

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި، އެ ކެންޕެއިންގައި އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރަކަށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނެރޭނީ އެއް ކެނޑިޑޭޓް ކަމަށާއި، އެ ކެނޑިޑޭޓް ކަނޑައަޅާނީ ވަކިވަކި ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީއަށް ފަހު ކަމަށެވެ.

އެގޮތުން އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށާއި، އެ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓްގައި ވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވިއިރު، އެމަނިކުފާނު މިހާރު ހުންނެވި ޖަލު ޙުކުމެއްގައިކަމުން، އެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު، މި ހާލަތުގައި އެމަނިކުފާނަން ލިބިއެއް ނުލައްވާނެއެވެ. ކަންމިހެން އޮތް ނަމަވެސް، ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް)ގެ އަހަރީ ޖަލްސާގައި ދެއްވި ތަގުރީރަކަށް ފަހު ރައީސް ނަޝީދު ވަނީ، ފަހުވަގުތު އެމަނިކުފާނަށް އިތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ..

"މިހާރު މިއޮތް ގޮތުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތެއް ނެތް. ފަހުވަގުތާ ހަމައަށްވެސް އެކަން އޮންނާނީ އެހެން. އެކަމަކު ފަހު ވަހުތު ނިންމާނެ އިންތިޚާބުގައި އަޅުގަނޑަށް ވާދަކުރެވޭނެ ކަމަށް"، ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބު ބާއްވާނެ ކަމާއި، ޖޫން މަހު ކެނޑިޑަސީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެކަން އިލެކްޝަން ކޮމިޝަނުން އިޢުލާނު ކޮށްފައިވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ރޫޙު ހުރީ ވެސް ރައީސް ޔާމީން އާއި ދެކޮޅަށް ރިޔާސީ އިންތިޚާބުގައި އެއް ކެނޑިޑޭޓަކު ނެރުމަށެވެ. ނަމަވެސް އެފަރާތްތަކުން ވަނީ މިހާރު އޮތް އިލެކްޝަން ކޮމިޝަނާއި އެކު އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމާއިމެދު ސުވާލު އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 އޭޕްރިލް 2018 | އާދީއްތަ 06:23
ހ މ ޒ
ނަޝީދު ހުރީ އަދިވެސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ގަބޫލު ކޮށްގެންނެވެ. ނަމަވެސް އދ.ގެ ކޮމެޓީއަކުން އަދި އީޔޫ ޕާލަމެންޓްގެ ޤަރާރަކުން ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދެވޭނެ ޤާނޫނީ ހަމައެއް ނެތެވެ. ނަޝީދަށް އިންތިޚާބުގައި ވާދަކުރެވެން އޮތީ ރާއްޖޭގެ ޤާނޫނީ ނިޒާމްގެ ތެރެއިން އެކަމަށް ހައްލެއް ހޯދިިގެންނެވެ!؟
29 އޭޕްރިލް 2018 | އާދީއްތަ 06:19
އަލީ
ފޫނެއް ފަޔަށް ފެން ފުރަން އަދިވެސް ތިބެންވީތަ؟