ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 11:16
މި ފޮތަށް އެފްބީ މެދުވެރިކޮށް އޯޑަރ ކުރެވޭ
މި ފޮތަށް އެފްބީ މެދުވެރިކޮށް އޯޑަރ ކުރެވޭ
ޓްވިޓަރ
ނޫން ބޭނުމެއް ނޫން
ނޫން ބޭނުމެއް ނޫން ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ފޮތެއް ނެރެފި!
މި ފޮތަކީ މައިންބަފައިންނާއި ބެލެނިވެރީންނަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިމެނޭ ފޮތެއް

ނޫނެކޭ ބުނަން ޖެހޭ ހާލަތްތަކުގައި ނޫނެކޭ ބުނަން ކުދީންނަށް ދަސްކޮށްދިނުމުގެ މަގްސަދުގައި މައިންބަފައިންނާ ކުދީންނަށް ޚާއްޞަ ކޮށްގެން "ނޫން ބޭނުމެއް ނޫން" މި ނަމުގައި ފޮތެއް ނެރެފިއެވެ. މި  ފޮތް ލިޔުއްވާފައިވަނީ ވަނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ މއ. ހައިވަކަރުގޭ ލީލާ އަހްމަދެވެ. ކުޑަ ކުދީންނަށް ގަޔާނެވާނެ ގޮތަކަށް ކުރެހުންތަކާ އެކު ލިޔެފައިވާ މި ފޮތަކީ މައިންބަފައިންނާއި ބެލެނިވެރީންނަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިމެނޭ ފޮތެކެވެ.

ތުއްތު ކުދީން ހައްލާލައި އެކުދީންނަށް އެކި އެކި ޖިސްމާނީ، ޖިންސީ ފުރައްސާރަތައް ކުރިމަތި ކުރުވުމުގެ ކުރީން މެޓާ ޗޮކްލެތް ފަދަ ތަކެތި ދީ ހަދައެވެ. އަދި ހަށިގަނޑުގައި އަތްލާ ހެދުމަށް އެކުދިން ހައްލާލުމަށް ދެވޭ މިފަދަ ހަދިޔާއަށް އެކުދީން ނޫނެކޭ ބުނާނެ ގޮތް މި ފޮތުން ދަސްކޮށްދެއެވެ. ޖިންސީ ގޯނާ އާއި އެކި ކަހަލަ ގޯނާ ލިބޭ  ކުޑަކުދީން ރާއްޖޭގައި އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި މީ މުހިއްމު މައުލޫމާތު ހިމެނޭ ފޮތެކެވެ.

"ނޫން! ބޭނުމެއް ނޫން!" ނެރެދެއްވީ ޑރ. އާއިޝަތު އަލީ ނާޒް އެވެ. ނާޒްގެ ވާހަކައިގައި މިފޮތަކީ ކޮންމެ ގެބިސީއަކަށް ވެސް ވަރަށް ބޭނުންތެރި ފޮތެއް ކަމުގައި ފާހަގަކުރެއްވިއެވެ. ތުއްތު އިރު ލިބޭ އެކިކަހަލަ ގޯނާތައް ސިއްރު ކުރެވުމުގެ ސަބަބުން ބޮޑެތި ވެގެން ފަރުވާ ހޯދަން ޖެހޭ ކަމަށް ޑރ. ނާޒް ވިދާޅުވިއެވެ. ،ބޭނުމެއް ނޫނޭ ، ބުނަން ދަސްކޮށްދެވިއްޖެނަމަ އުފާވެރި މުޖަތަމައެއް ބިނާ ކުރެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފޮތް ނެރެދެއްވި ހަފްލާގައި ކުޅިވަރު ޝަޚްސިއްޔަތެއް ކަމުގައިވާ މައުރޫފް އަހްމަދް (މާއްޓޭ) ވެސް ވާހަކަ ދެއްކެވިއެވެ. މައުރޫފް އަހްމަދް ވިދާޅުވި ގޮތުގައި ވަށައިޖެހޭ ގޮތަކަށް ކުދީން ތަރުބިއްޔަތު ކުރުމަށްޓަކައި މި ފޮތަކީ ވަރަށް މުހިއްމު ފޮތެކެވެ. އަދި ކުޅިވަރުގެ މައިދާން ފަދަ ތަންތަނަށް ކުދީން ދޫކޮށްލާ އިރު ކުދީންނަށް ދިމާވާ ނުރައްކަލުގެ ވާހަކަ ބެލެނިވެރިންނާ ހިއްސާ ކުރެވޭ ވަރަށް ކުދީންނާ ވާހަކަ ދައްކައި ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ. ރާއްޖޭގެ ތަފާސްހިސާބު ނޭނގުނު ކަމުގައި ވިޔަސް އޮލިމްޕިކް ޑޮކްޓަރެއްގެ ފަރާތުން އެތްލީޓުންނަށް ޖިންސީ ގޯނާ ލިބުނު ވާހަކަ ފާހަގަކުރެއްވިއެވެ. ނޫނެކޭ ބުނަން ކުދީންނަށް ދަސްކޮށްދެވިއްޖެނަމަ މިފަދަ ގޯނާތަކުން ކުދީން ސަލާމަތްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ފޮތް ލިޔުއްވި ލީލާ އަހުމަދަކީ، "އަރލީ ޗައިލްޑހުޑް" ގެ ރޮނގުން މާސްޓަރސް ހައްދަވާފައިވާ ބޭކަނބަލެކެވެ. "ނޫން! ބޭނުމެއް ނޫން!" ބައްލަވައިގަންނަވަން ބޭނުންފުޅު ބޭފުޅުންނަށް ފޭސްބުކް މެދުވެރިކޮށް ފޮތް ގަތުމަށް އޯޑަރ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް