ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 07:25
ކޯސްޓް ގާޑްގެ  އުޅަނދެއް
ކޯސްޓް ގާޑްގެ އުޅަނދެއް
ޓްވިޓަރ
ކޯސްޓް ގާޑު
މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި އޮތް ބަލި މީހަކު ކޯސްޓްގާޑުން ތިނަދޫއަށް ގެންގޮސްދީފި
އެދޯނި އޮތީ ގދ.ކާޑެއްދޫ އާ 48 މޭލު ބޭރުގައި
އެއީ "ސީ ކިންގ" ނަމަކަށްކިޔާ ދޯންޏެއް

ގދ.ކާޑެއްދޫއާ 48 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި އޮތް ހާލުބޮޑު ޒުވާނަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ގދ ތިނަދޫއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި "ސީ ކިންގ" ނަމަކަށް ކިޔާ މަސް ދޯނީގައި އޮތް އުމުރުން 21 އަހަރުގެ ޒުވާނަކު ގދ ތިނަދޫއަށް ގެންދިޔައީ ނޭވާލާން އުނދަގޫވެ ހޮޑާއެކު ލޭ އަންނާތީ އިތުރު ފަރުވާއަށެވެ. 

މި ބަލި މީހާ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ގދ.ތިނަދޫއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 19:15 ހާއިރުއެވެ. މިހާރު ޒުވާނާއަށް އަންނަނީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް