ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 19:27
ސްވިޑެންއަށް ފުރި ރާއްޖޭގެ ކޮންޓިންޖެންޓް
ސްވިޑެންއަށް ފުރި ރާއްޖޭގެ ކޮންޓިންޖެންޓް
ޓީޓީ އެސޯސިއޭޝަން
ޓޭބަލް ޓެނިސް
ޓީޓީ ޓީމު ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިރިވުމަށް ސްވިޑެންއަށް
މިއަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ހަގު ކުޅުންތެރިޔަކީ ރާއްޖޭގެ ދީމާ
ރާއްޖޭގެ ގައުމީ އަންހެން ޓީމުގައި ހިމެނެނީ ތިން ކުޅުންތެރިން
ކޯޗެއްގެ ގޮތުގައި މި މުބާރާތުގައި އެ ކުޅުންތެރިންނަށް އިރުޝާދު ދޭނީ މުހައްމަދު ޔާސިރު

ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމު ސްވިޑެންއަށް ފުރައިފިއެވެ.

މި މަހުގެ 29 އިން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސްވިޑެންގެ ހެމްސްޓެޑްގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމުގައި ހިމެނެނީ ތިން ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުވާން ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް އަދި ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދުއެވެ.

އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ މިއަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ހަގު ކުޅުންތެރިޔަކަށް ރާއްޖޭގެ ދީމާ ވެގެން ދިޔުމެވެ.  

މި ކުޅުންތެރިންގެ ކޯޗެއްގެ ގޮތުގައި މި މުބާރާތުގައި އެ ކުޅުންތެރިންނަށް އިރުޝާދު ދޭނީ މުހައްމަދު ޔާސިރުއެވެ. ހަމައެހެންމެ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ނައިބް ރައީސާ ޒުލައިހާ އިބްރާހިމްއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ، ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ އައިޓީޓީއެފްގެ ކޮންގްރެސްގައި ބައިވެރިވުމަށް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވެސް ޓީމާއެކު ސުވިޑަންއަށް ފުރާފައިވާ ކަމަށެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީމުން އަންނަނީ ފަހަކަށް އައިސް ބާއްވާ މުބާރާތްތަކުން ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެގޮތުން ރާއްޖޭގައި ދާދިފަހުން ނިމިގެންދިޔަ ދެކުނު އޭޝިއާގެ ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުގައި ހިމެނޭ ރަފާ އަދި ދީމާ ވަނީ ތަފާތު ދައްކައި ހަތް މެޑަލް މި މުބާރާތުގައި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް