ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 19:27
ލ. ގަމުގައި ބޭއްވި މުބާރާތެއްގެ ތެރެއިން
ލ. ގަމުގައި ބޭއްވި މުބާރާތެއްގެ ތެރެއިން
ރާއްޖެއެމްވީ
ލ. ގަން
މަތިވަރު ފުޓްސަލް ޗެލެންޖް ބާއްވަނީ
ޗެމްޕިއަން ޓީމަށް 30000 ރުފިޔާ
ރަނަރަޕް ޓީމަށް 10000 ރުފިޔާ
މުބާރާތުގައި ބައިވެރިވެވޭ ފީ އަކީ 1500

މަތިމަރަދޫ ޒުވާނުން އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޮރ މަތިމަރަދޫ އިމްޕުރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް އިން އިސްނަގެން "މަތިވަރު ފުޓްސަލް ޗެލެންޖް 2018 " ނަމުގައި ފުޓްސެލް މުބާރާތެއް ބާއްވަން ނިންމާފިއެވެ.

ކޮންމެ އަހަރަކު ވެސް އެ މުބާރަތް ބޭއްވުމަން ވަނީ ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ މައުލޫމާތު ދީފައެވެ. އެ ޖަމްއިންޔާއިން ބުނީ އެ މުބާރަތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ 1500 ރުފިޔާގެ ފީއެއް ދައްކައިގެން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. 

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މެއި މަހުގެ 8 ވަނަ ދުވަހުގެ ކުރިން ފޯމް ހުށައަޅަން ޖެހެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މަތިމަރަދޫ ކުންނާރު މާގޭއިން ލިބޭނެ ކަމަށާއި، އިތުރު މައުލޫމާތު 7900304 އަށް ގުޅުމުން ލިބޭނެ ކަމަށް ވެސް އެ ޖަމްއިންޔާއިން ބުންޏެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް