ހުޅުމާލޭ އެސްޓީއޯ ފިއުލް ޝެޑް ކައިރީ ހުރި ލަކުޑި ޖަމްބޯ ގޯނި ތަކެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައިވަނީ, ހޮނިހިރު ދުވަހުގެ މެންދުރުފަހު 3.00ގައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެތަނުގެ ފަޔަމަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ރޯވި އަލިފާނުގެ 50 އިންސައްތަ ކޯންޓްރޯލް ކުރެވިފައިވާކަމަށް ވެސް ބުންޏެވެ.
މި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާއިރު، އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.
އަދި އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ.