ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 14:56
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް
އަޒުމޫން އަހުމަދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްގީގެ މަޝްރޫއު 1.2 ބިލިއަން ޑޮލަރަށް އިތުރު ވެއްޖެ!
ހަ މިލިއަނުން 8 މިލިއަނުން 1 ބިލިއަން ޑޮލަރަށް އެރުމަށް ފަހު މިހާރު 1.2 ބިލިއަން ޑޮލަރަށް
ޖީއެމްއާރަށް ބަދަލުގެ ގޮތުންގައި 400 މިލިއަން ޑޮލަރު ދައްކަން ޖެހުނު
އެއަރޕޯޓަށް ޖުމަލަ 1.6 ބިލިއަން ޑޮލަރު

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުރާ ޚަރަދު 1.2 ބިލިއަން ޑޮލަރަށް އިތުރު ވެއްޖެ ކަމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވެއްޖެއެވެ. 

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ކެމްޕެއިން ކުރުމަށް ތ. ވޭމަންޑޫއަށް ސަރުކާރަށް ނިސްބަތްވާ އިސްފަރާތްތަކުން ބޭއްވި ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ ވިދާޅުވީ ސަރުކާރުން ހިންގާ އެންމެބޮޑު މަޝްރޫއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކަމަށެވެ. އަދި އެމަޝްރޫއަށް 1.2 ބިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ދީދީ ވިދާޅުވިއެވެ.

"ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަކީ ދުނިޔޭގެ ފެންވަރުގެ އެއާރޕޯޓެއް. 1.2 ބިލިއަން ޑޮލަރަށް އެއާރޕޯޓް ތަރައްގީ ކުރައްވަނީ،" ދީދީ ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީގެ މަޝްރޫއުއަށް ޚަރަދު ކުރާ ވަރު ސަރުކާރަށް ނިސްބަތްވާ އިސް ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނީ އެކިފަހަރު އެކި އަދަދުތަކެވެ. 

އެގޮތުން ސަރުކާރުގެ އިސްފަރާތްތަކުން އެންމެ ފުރަތަމަ ބުނަމުންދިޔައީ 600 މިލިއަން ޑޮލަރުގެ މަޝްއޫރުއެއް ކަމަށެވެ. ދެން 800 މިލިއަން ޑޮލަރަށް އަރައިގެން 1 ބިލިއަން ޑޮލަރުގެ މަޝްރޫއަކަށް ބަދަލުވެ، މިހާރު 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއަކަށް މިވަނީ ބަދަލުވެފައެވެ. 

ދީދީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ހަމައެކަނި އޮތް އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލީ ކަމަށެވެ.

ދީދީ އެގޮތަށް ވިދާޅުވިއިރު، ރައީސް ނަޝީދުގެ ސަރުކާރުން އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ކުށްޔަށް ދިނީއެވެ. އަދި ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރުމުގައި ދިވެހި ދައުލަތުގެ ނަމުގައި ލޯނެއް ނަގާފައިނުވާއިރު، ތަރައްގީގެ މަޝްރޫއަށް ޚަރަދު ކުރުމަށް އޮތީ ވެސް 800 މިލިއަން ޑޮލަރެވެ. އަދި އެމަޝްރޫއު ނިންމަށް ހަމަޖެހިފައި އޮތީ ވެސް 2014 ވަނަ އަހަރަށެވެ. ޖީއެމްއާރުން އެއާޕޯޓާ ހަވާލު ވުމަށް ފަހު ޓެކްސް އާއި އެކި ފީގެ ގޮތުގައި ދައުލަތަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަމުން ދިޔަކަން ވެސް ފާހަގަކޮށްލެ ވެއެވެ. 

ޖީއެމްއާރާ އެކު ވެފައިވާ އެ އެބަސްވުން ކެންސަލް ކުރުމާ ގުޅިގެން ދިވެހި ދައުލަތުން 400 މިލިއަން ޑޮލަރު ޖީއެމްއާރަށް ދަންކަން ޖެހުނެވެ. 

އެހެންކަމުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ޚަރަދު ކުރާ މިންވަރު މިވަނީ ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައިވާ މިންވަރަށް ވުރެ ދެ ގުނަ ބޮޑު ވެފައެވެ. އެއީ ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދައްކަން ޖެހުނު 400 މިލިއަން ޑޮލަރާއި ލޯނު ނަގައިގެން ސަރުކާރުން ހިންގާ މަޝްރޫއުއަށް މިހާރު ޚަރަދުވާނެ ކަމަށް ބުނާ 1.2 ބިލިއަން ޑޮލަރާ އެކު 1.6 ބިލިއަން ޑޮލަރެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް