ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 11:31
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ރައީސް އޮފީސް
މިނިސްޓްރު ސައީދު
ދެން ރާއްޖޭގައި ހިނގާނީ ރައީސް ޔާމީންގެ ފިކުރު، މި ފިކުރު ނައްތައެއް ނުލެވޭނެ: ސައީދު
ރައީސް ޔާމީންގެ ފިކުރަނީ ކޮބައިކަމެއް ނޭނގޭ

ރާއްޖޭގައި ދެން ހިނގާނީ ރައީސް އަބްދުﷲ ޔާމީންގެ ފިކުރު ކަމަށާއި މި ފިކުރު ދެން މިގައުމުން ނައްތައެއް ނުލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ކެމްޕެއިން ކުރުމަށް ތ. ވޭމަންޑޫއަށް ސަރުކާރަށް ނިސްބަތްވާ އިސްފަރާތްތަކުންނާއި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ ވަޑަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޔާމީނަކީ ދިރިހުރި ގައުމީ ބަޠޮލެއް ކަމަށެވެ.

"މިއަދު ޔަގީންވެގެންދާ ކަމަކީ ﷲގެ ތިޔާގި ވާގިފުޅުން އަޅުގަނޑުމެންނަށް 2018 ކާމިޔާބު ވާނެ. އެ އަށް ވުރެއް ބޮޑަށް އަޅުގަނޑުމެންނަށް ޔަގީންވާ އެއްޗެއް ﷲގެ ވާގިފުޅާއެކު އެބައޮތް. އެއީ މިގައުމުގައި ދެން ހިނގާނީ ރައީސް ޔާމީންގެ ފިކުރުކަން. އެފިކުރަށް މިގައުމު މަރުހަބާ ކިޔައިފިކަން، އަދި އެފިކުރު ދެނެއް މިގައުމަކުން ނައްތައެއް ނުލެވޭނެކަން، އެއީ ދިވެހިންގެ ފިކުރުކަން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

 

ސައީދު އެގޮތަށް ވިދާޅުވިއިރު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވަނީ ސީދާ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށް ގިނަ ގާނޫނީ ވަކީލުންގެ އިތުރުން ރާއްޖޭގެ ގިނަ ރައްޔިތުން ވެސް ގަބޫލު ކުރެއެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ޖަލްއިއްޔާ ޖަމާއަތްތަކުން ވެސްއެކަން ފާހަގަކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލަން ވެސް ވަނީ ގޮވާލާފައިވެއެވެ.

"ކޮންކަމެއްތޯ ރައީސް ޔާމީން އަޅުގަނޑުމެންނަށް އެދައްކަވަނީ، ގާތަސް ދުރަސް، ކުޑަޔަސް ބޮޑަސް ގާނޫނުއަސާސީގެ ކުރިމަތީގައި ގާނޫނުތަކުގެ ކުރިމަތީގައި، އެންމެންވާނީ ހަމައޭ. ހަމަހަމަ އިންސާފުވެރި ވެރިކަމެއް އެމަނިކުފާނު ކުރައްވަމުން އެގެންދަވަނީ،" ސައީދު ވިދާޅުވިއެވެ.

އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ރައީސް ޔާމީން ވެރިކަން ކުރައްވާ ކަމަށް ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ފައިސާ ގޯނި ހިފައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާތަށް ވަޑައިގެންނެވި ކަމަށް، އަމިއްލައަށް އިއުތިރާފުވެ ވަޑައިގަންނަވާފައިވާ ސަރުކާރަށް ނިސްބަތްވާ މެމްބަރު މިނިވަންކަމާ އެކު އުޅުއްވާއިރު އޭނާގެ މައްޗަށް މިހާތަނަށް އެއްވެސް ދައުވާއެއް ކޮށްފައެއް ވެސް ނުވެއެވެ. ނަމަވެސް ރިޝްވަތު ދިންކަމަށް ބުނެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި ބަންދުކޮށްގެން ގެންގުޅޭއިރު، ފާރިސް ރިސްވަތު ދިން ކަމަށް ބުނާ ފަރާތުން، ފާރިސް ރިޝްވަތި ނުދެއްވާ ކަމަށް ކޯޓުގައި ވަނީ ހެކިބަސް ދީފައެވެ. ނަމަވެސް މިއަދުވެސް ފާރިސް ހުންނެވީ ޖަލުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 އޭޕްރިލް 2018 | ހޮނިހިރު 08:28
އަހްމަދު
ތިޔާ ބުނާ ފިކުރަކީ ކޮން ފިކުރެއްބާ؟ ވާނުވާ ނޭގިފަ މިތިބީ