ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 11:28
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
މައުމޫން އަބްދުލް ގައްޔޫމް
މައުމޫނުގެ މައްޗަށް އުފުލާފައިވާ ޓެރިޒަމްގެ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަނީ
ތާވަަލު ކޮށްފައި އޮތީ މާދަމާ މެންދުރުފަހު 15.00
މައުމޫނު ހުންނެވީ ދޫނިދޫގައި ހައްޔަރުކޮށްފައި

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރައީސް މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށާއި ކޯޓުތަކުގެ ބައެއް ފަނޑިޔާރުނަށް ރިޝްވަތު ދީ ގާނޫނީ ވެރިކަން, ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް ތުހްމަތުކުރާ މައްސަލަތަކެއްގައެވެ. މިއަޑުއެހުން ބާއްވަން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 15.00ގައެވެ.

ދޫނިގައި ބަންދުކޮށްފައި ހުންނެވި މައުމޫނުގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެއް ވެސް އުފުލާފައިވާއިރު އޭގެ އިބްތިދާއީ އަޑުއެހުންތައް މިހާރު ވަނީ ނިމުމަކާ ހަމައަށްގޮސްފައެވެ. އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންވިދާނެ ދައުވާއެއް ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ރައީސް މައުމޫނު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ފަހެއް ފެބްރުއަރީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް