ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 08:01
ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާުޒ އިސްމާއިލް
ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާުޒ އިސްމާއިލް
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ވޯޓެއް ލާން ނުޖެހުނަސް، ޔާމީން ވެރިކަމުގައި ނުހުންނާނެކަން ކަށަވަރު: ފައްޔާޒު
ފިލާ ތިބި އަނިޔާވެރިން ދަނީ ފާޅުވަމުން
މާޒީގައި ހިނގާފައިވާ ކަންކަމަށް އިންސާފް ލިބިންޖެހޭނެ
ދައުލަތުގެ ހައްގަށް ވުރެ އާންމު ރައްޔިތު މީހާގެ ހައްގު ލިބެންޖެހޭ

އިލެކްޝަން ކޮމިޝަނަންގެ ރައީސްގެ މަގާމަށް ކުރީގެ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް އަންޔަން ކުރުމަށް ފަހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަންކަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަށް ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް އެމަނިކުފާން މާގިނަ ދުވަހު ވެރިކަމުގައި ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިއަދު ފެނިގެންދާނީ ފުރާނަ ނެތް ހަށިގަނޑަކަށް މިނިކާ ދޫނިތަށް އައިސް އަރައިގަންނަންހެން، ފިލާ ތިބި އަނިޔާވެރިން ފާޅުވެ ފަލީހަތް ވެގެންދާ މަންޒަރު ކަމަށެވެ. މި އަނިޔާވެރިކަމަކީ ހަމައެކަނި ރައީސް ޔާމީން ކުރާ ކަމެއް ނޫން ކަމަށާއި، މި އަނިޔާވެރިން ދަމަހައްޓަނީ ކޮން ބައެއް ކަން މިއަދު އެނގިގެން ހިގަންޖެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑަށް  ކަށަވަރުވޭ މިއަދު ވޯޓެއް އޮތަސް ނެތަސް، ޝަރީފް ހުއްޓަސް ނެތަސް، ޔާމީންނެން މި ގައުމުގެ ވެރިކަމުގައި މާ ގިނަ ދުވަހު ނުހުންނާނެ ކަން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ދިވެހި ރައްޔިތުން ދާން ބޭނުންވާ މަންޒިލަށް ދެވޭނީ މި ކެންސަރަށް ފަރުވާ ދީގެން ކަމަށެވެ. މާޒީގައި ހިނގާފައިވާ ކަންކަން އިންސާފް ވެސް ލިބެން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭނުން ވަނީ ދައުލަތުގެ ހައްގަށް ވުރެ އާންމު ރައްޔިތު މީހާގެ ހައްގު ފުރިހަމައަށް ލިބުން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީއެއްގެ ވެރިކަމުގައި އޭނާ މަސައްކަތް ކުރައްވާނެކަން ފާހަގަކުރެއްވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް