ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 17:59
ތޮއްޑޫގެ ރައްޔިތުން ޖަލްސާގައި ބައިވެރުމަށް ރަސްދޫއަށް އައީ ދޯނި ފަހަރުގައި
ތޮއްޑޫގެ ރައްޔިތުން ޖަލްސާގައި ބައިވެރުމަށް ރަސްދޫއަށް އައީ ދޯނި ފަހަރުގައި
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ރަސްދޫ ޖަލްސާ: ފުރިހަމައަށް ތައްޔާރުވެ، ޖަލްސާގެ ބައިވެރިންނަން ހޫނު މަރުޙަބާއެއް
އއ ގިނަ ރަށްތަކުގެ ރައްޔިތުން މިރޭގެ ޖަލްސާގައި ބައިވެރިވާނެ
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރަސްދޫ ބަނދަރު ސަރަހައްދުގައި
މިއީ ފަހުގެ ތާރީހެއްގައި އަތޮޅުތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެންމެ ބޮޑު ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އއ. އަތޮޅު ރަސްދޫގައި މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔާފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ (މިރޭ) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރަސްދޫ ބަނދަރު ސަރަހައްދުގައެވެ. ހުކުރު ދުވަހުގެ ހަވީރު ރަސްދޫއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕްގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަތުމާއި އެކު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މާފަތިކާއި އެކު ވަރަށް ފޯރިޔާ ޖޯޝާއެކު ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މަރުޙަބާ ދެންނެވުމުގައި ގިނަ އަދަދެއްގެ އަންހެން ކަނބަލުން ވަނީ ބައިވެރިވެފައި

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހާއި، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ކަމާލުއްދީނާއި، އަދަލާތު ޕާޓީގެ ފަރާތުން ޑރ އަބްދުﷲ މަޖީދު އަބްދުލް ބާރީގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާނެވެ. މިއީ ފަހުގެ ތާރީހެއްގައި އަތޮޅުތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި އެމްޑީޕީގެ ގިނަ އަދަދެއްގެ ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާ ޖަލްސާއަށް ވެގެންދާނެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަން ރަސްދޫން ހޫނު މަރުޙަބާއެއް

ރަސްދޫގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް އއ ތޮޅުގައި ދިރިއުޅޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެރަށަށް ގޮސްފައެވެ. އެގޮތުން ތޮއްޑޫ، އުކުޅަސް ފަދަ ރަށްތަކުން ގިނަ އަދަދެއްގެ ރައްޔިތުން ޖަލްސާގައި ބައިވެރިވާނެއެވެ.

އުކުޅަހުގެ ރައްޔިތުން ރަސްދޫއަށް ދިޔަ ލޯންޗުތަކުގައި ދިދަ ވަނީ ނަގާފައެވެ. ފޯރިޔާ ޖޯޝާއެކު އއ. އަތޮޅުގެ ރައްޔިތުން ޖަލްސާގައި ބައިވެރިވުމަށް ރަސްދޫއަށް ދިއުމާއިއެކު، އޭރު ރަސްދޫގައި ތިއްބެވި ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ އިސްވެރިންވަނީ ބަނދަރުމަތިން އެ ރައްޔިތުންނަން މަރުޙަބާ ދަންނަވާފައެވެ.

ރަސްދޫގައި ބާއްވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ. ޖަލްސާއަށް ރަސްދޫގެ ބަނދަރު ސަރަހައްދު ވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ހޮޅި ދަނޑި ތަކުގައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭނުން ކުރާ ކުލަތަކުގެ ދިދަ ވެސް ނަގާފައެވެ. ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި، ރައްޔިތުން މަޖިލީހުގެ މެމްބަރުން ވާހަކަ ދައްކަވަން ހަމަޖެހިފައިވާއިރު، ރާއްޖެޓީވީން ވަނީ މި ޖަލްސާ ވަގުތުން ގެނެސް ދޭނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް