ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 14:40
އިސްލާމީ މަރުކަޒުގެ އެތެރެ
އިސްލާމީ މަރުކަޒުގެ އެތެރެ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ހެޔޮ ކަންތަކާއި ހެޔޮ އަމަލުތައް ކުރެވޭނީ ގައިގައި ބާރު ހުއްޓައި: ޚުތުބާ
ޚުތުބާގެ މައުޟޫއަކީ "ޝައުބާން މަހާއި ހެޔޮއަމަލު ކުރުން"

ހެޔޮކަންތަކާއި ހެޔޮ އަމަލުތައް ކުރެވޭނީ ގައިގައި ބާރު ހުއްޓައި ކަމަށާއި މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ޝައުބާން މަހާއި ހެޔޮއަމަލު ކުރުން" މި ނަމުގައި ގެނެސްދިން ޚުތުބާގައި ބުނެފައި ވަނީ "ވެހޭތާ ފެންނަގާށޭ" ބުނާ ފަދައިން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފުމަށް އެންމެހާ މުސްލިމުންނަށް ނަސޭހަތްތެރިވާ ކަމަށެވެ. މައްސަރުތަކާއި ރޭދުވާ ތަކުރާރުވަމުން ގޮސް މިހާރު ވޭތިކުރަމުންދަނީ ޝައުބާން މަހުގެ ދުވަސްތައް ކަމަށާއި މިމަސް އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން ޚާއްސަވެގެންވާ ކަމަށް ހުކުރު ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި އެމައްސަރު ރަމަޟާން މަހަށް މަރުހަބާ ކިޔަން ތައްޔާރުވުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ނޭނގޭ ކަމަށާއި އުމުރުގެ ދުވަސްތަކަކީ ކިހާ ދުވަހެއް ކަމެއް އެއްވެސް މީހަކަށް އެނގިގެން ނުވާ ކަމަށް ޚުތުބާގައި ވެއެވެ. އެހެންކަމުން އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަން ކަށަވަރުވާކަމަށާއި އެހެންކަމުން އެ މީހަކަށް ކުޅަދާނަ މިންވަރަކުން ހެޔޮކަންތައް ކުރުމަށް ވަނީ ގޮވާލާފައެވެ.

"މާތްﷲ ވަހީ ކުރެއްވިއެވެ. ހަމަކަށަވަރުން ގިޔާމަތްވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ ﷲގެ ހަޟްރަތުގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި ރަހީމްތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއް ކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮން ބިމެއްގައިކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ." 

ޚުތުބާގައި ބުނެފައި ވަނީ ހެޔޮކަންތައް އިތުރު ކުރުމަކީ ގަސްތަކާއިނުލައި ކުރެވޭ ނުރަނގަޅު ކަންކަމުންނާއި ކުދި ފާފައިން މާތްﷲ ސަލާމަތް ކުރައްވާނެ ކަމަށާއި މިފަދަ މާތް މޫސުމެއްގައި ރަސޫލާ (ސ) ދައްކަވާފައިވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް