ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 00:03
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
ޓްވިޓަރ
ޕީޕީއެމް އިހަވަންދޫ ޖަލްސާ
ފަސް އަހަރުން ހުރިހާކަމެއް ނުވާނެ: އަލީ އާރިފް
ދިވެހިންގެ ރީތި ސިފަތައް، ހަނދާނުން ކައްސާލީ ޒާތެއްގެ ޑިމޮކްރަސީއަކާ ހެދި
ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ޒާތީ ނުވުމަށް ގޮވާލެއްވި

ފަސް އަހަރުން ހުރިހާ ކަމެއް ފުރިހަމަކޮށް ނުދެވޭނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށް މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ހއ. އިހަވަންދޫގައި "އަހުންވެސް ރައީސް ޔާމީނާއެކު" މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާރިފް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން ރައީސް އަބްދުﷲ ޔާމީން ހަގީގަތަކަށް ހައްދަވައި ދެއްވާފައިވާ ކަމަށާއި ފަސް އަހަރުން ހުރިހާ ކަމެއް ފުރިހަމަކޮށް ނުދެވޭނެކަން ގަބޫލުކުރަން ޖެހޭނޭކަމަށެވެ.

އަލީ އާރިފް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް އަދި މުޅި ރާއްޖެ އަށް ރައީސް ޔާމީން ގެނެސްދެއްވި އަދި ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީއަށްޓަކައި ހުރިހާ ރައްޔިތުން ވެސް ޝުކުރު އަދާކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެނިފެސްޓޯގައި ކަނޑައެޅި ވައުދުތަކުގެ ތެރެއިން ވެސް ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ރައީސް ޔާމީން ވަނީ ފުއްދަވައިދެއްވައިފަ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައީސް ޔާމީނަކީ ވިސްނުންތޫނު، ހިކުމަތްތެރި ލީޑަރެއް ކަމަށް އަލީ އާރިފް ވިދާޅުވި އެވެ. އަލީ އާރިފް ވިދާޅުވީ ދިވެހިންނަކީ ކިޔަމަންތެރި، ޝުކުރުވެރިވާން ދަންނަ، އެކަކު އަނެކަކަށް އަޅާލާ ބައެއް ކަމަށެވެ. އެކަމަކު އެ ސިފަތައް، ހަނދާނުން ކައްސާލީ ޒާތެއްގެ ޑިމޮކްރަސީއަކާ ހެދި ކަމަށް ވިދާޅުވި އެވެ.

"ފާޑެއްގެ ޒާތެއްގެ ޑިމޮކްރަސީއެއް އައިސް އަޅުގަނޑުމެން އެކަކު އަނެކަކު ފިސާރި ބީރައްޓެހިކޮށްލައިފި. އަޅުގަނޑުމެން އެ މަޅީގައި ނުޖެހެމާތޯ،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ޒާތީ ނުވުމަށް ގޮވާލާކަމަސް އަލީ އާރިފް ވަނީ ގޮވާލައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް