ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 22:30
ކުރީގެ މިނިސްޓަރު އަމީން އިބްރާހިމް (ވ) - އޭނާ ވަނީ މަދަނީ ބަސްނޭހުމަކަށް ދިއުމަށް ގޮވާލާފައި
ކުރީގެ މިނިސްޓަރު އަމީން އިބްރާހިމް (ވ) - އޭނާ ވަނީ މަދަނީ ބަސްނޭހުމަކަށް ދިއުމަށް ގޮވާލާފައި
ފޭސްބުކް
އަމީން އިބްރާހީމް
މަދަނީ ބަސް ނޭހުމަކަށް ދިއުމަށް އަމީން އިބްރާހިމް ގޮވާލާއިފި
ކެނޑިޑޭޓަށްވުރެ ޤައުމު އިސްކުރަންޖެހޭކަމަށް އޭނާ ވިދާޅުވި
ރައީސް އަބްދުﷲ ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޖެހޭ ވަގުތުކަމަށްވެސް ވިދާޅުވި

މި ވަގުތަކީ މެދު ކެނޑުމެއް ނެތި 24 ގަޑީއިރު އިޙްތިޖާޖްކޮށް މަދަނީ ބަސްނޭހުމަކަށް ރައްޔިތުން ގޮސްގެން ނަމަވެސް ރައީސް އަބްދުﷲ ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޖެހޭ ވަގުތު ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ރައީސް ޔާމީނާއި ވެރިކަން ހަވާލުކުރީ ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް ވެރިކަން ކުރަން ވައުދުވުމުން ކަމަށެވެ. އަދި މިއަދު ރައީސް ޔާމީން ގާނޫނީ އިމުން ބޭރުން ވެރިކަން ކުރަން ފެށުމުން، ގާނޫނު އަސާސީން ލާޒިމްކޮށް ބާރުދެވިފައިވާ އަނެން ދެ ބާރުން ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކުރި މަސައްކަތް ފުނޑާލާ އެ ދެ ބާރު ގާނޫނާއި، ހިލާފަށް ސިފައިންގެ މަދު ބައެއްގެ އެހީގައި ނެތިކޮށްލާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

މިހާލަތުގައި ގާނޫނީ އިމުގެ ތެރެއަށް ރައީސް ޔާމީން ވެއްދޭނީ، ރައްޔިތުން ނުކުމެ ކަމަށް އަމީން ވިދާޅުވިއެވެ. އެހެންކަމުން މިއީ 24 ގަޑީއިރު އިޙްތިޖާޖްކޮށް ބަސްނޭހުމަށް ގޮސްގެން ނަމަވެސް ގާނޫނީ އިމުގެ ތެރެއަށް ރައީސް ޔާމީން ވައްދަން ޖެހޭ ވަގުތު ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ކެނޑިޑޭޓަކަށް ވުރެ ގައުމު އިސްކުރަން ޖެހެނީ ރައީސް ޔާމީންގެ ކިބައިން ގައުމު ސަލާމަށް ކުރުމަށްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
27 އޭޕްރިލް 2018 | ހުކުރު 08:08
އަޖައިބެއްމީހަމަ
ޕޮލިޓީޝަނަކަށް ވާން ހާދަފަސޭހައޭ ދޯ، އަޖައިބެއްމީހަމަ