ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 15:27
މެޑަމް ފާތުންނަން ތ. އަތޮޅު ވިލިފުށީގައި ދިރިއުޅޭ ރައްޔިތުން މަރުޙަބާ ދަންނަވަނީ
މެޑަމް ފާތުންނަން ތ. އަތޮޅު ވިލިފުށީގައި ދިރިއުޅޭ ރައްޔިތުން މަރުޙަބާ ދަންނަވަނީ
ރާއްޖެއެމްވީ
މެޑަމް ފާތިމަތު އިބްރާހީމް
ފަސްޓް ލޭޑީ ފާތުން ތ. އަތޮޅަށް!
ހުކުރު ދުވަހުގެ ރޭ ވޭމަނޑޫގައި ހާއްސަ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައި
ތ. އަތޮޅުގެ ގިނަ ރަށްތަކަށް ފަސްޓް ލޭޑީ ވަޑައިގަތުމަށް ވަނީ ނިންމާފައި
ސްކޫލް ކުދިން ފަސްޓްލޭޑީ ފާތުންނަން މަރުޙަބާ ދެންނެވުމަށް ދިއުމަށް އަންގާތީ ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވިލިފުއްޓަށް ވަޑައިގެންފިއެވެ.

ބުދަ ދުވަހު ހެނދުނު ފަސްޓް ލޭޑީ ފާތުން ވިލިފުއްޓަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ، އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި އެ ޕާޓީގެ އެހެން ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބުނީ ފަސްޓްލޭޑީ މެޑަމް ފާތުން ތ. އަތޮޅަށް މި ކުރައްވާ ދަތުރުފުޅަކީ، ރައްޔިތުންގެ ހާލު ބެއްލުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އަދި ހުކުރު ދުވަހުގެރޭ އެޕާޓީގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ޖަލްސާގައި ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމް ބައިވެރިވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުންޏެއެވެ.

ގުރައިދޫ ސްކޫލުން ކޮށްފައިވާ އިއުލާން 

ފާތިމަތު އިބްރާހިމް ތ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާއިރު، އެ ކަމަނާ އަށް މަޜުޙަބާ ދެންނެވުމަށް ސްކޫލް ކުދިން ބަދަރު ސަރަހައްދަށް ދިއުމަށް ތ. އަތޮޅުގެ ސްކޫލްތަކުން އަންގާފައިވާތީ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ތ. ގުރައިދޫއަށް ވަޑައިގަންނަވާއިރު، މަރުޙަބާ ދެންނެވުމަށް ސްކޫލް ކުދިން ބަނދަރު ސަރަހައްދަށް "ހަވީރީ ހެދުމެއްގައި" ދިއުމަށް ތ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުހައްމަދު ފަޔާޟް ސޮއިކުރައްވައި ވަނީ އަންގަވާފައިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 އޭޕްރިލް 2018 | ހުކުރު 08:11
ކޮންއަތުބޮމެއް
ކޮންއަތުބޮމެއް