ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 22:54
މެމްބަރު އަބްދުﷲ ސިނާނު
މެމްބަރު އަބްދުﷲ ސިނާނު
މަޖިލިސް
މެމްބަރު އަބްދުﷲ ސިނާން
މެމްބަރު ސިނާނުގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފި
ތާވަލްކޮށްފައި ވަނީ 15:00 އަށް
މިއީ ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ބުރާސްފަތި ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ. 

ދައުލަތުގެ ފަރާތުން ސިނާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 15:00 އަށެވެ. 

ސިނާުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. 

ސިނާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވި ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެވެ. ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވުމާ އެކު ސިނާނު ވަނީ ޕީޕީއެމުން ވަކިވެވަޑައިގަންނަވާފައެވެ. 

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަަލަ ފެންމަތުވުމުގެ ކުރިން ސިނާނަކީ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ޕީޕީއެމުން ވަކިވުމާ ހަމައަށް ސިނާނަކީ ފާތުމަތު އިބްރާހީމްދީދީ ހިންގަވާ ޞަދަގާތް ފައުންޑޭޝަންގެ ޖެނެރަލް ސެކެޓަރީއެވެ. 

މަސީހާ ދެކޮޅަށް ސޮއި ކުރެއްވުމަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ސިނާން ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު، ރާއްޖެ ވަޑައިގެންނެވި ތަނުން އެއާރޕޯޓުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ފަހުން ފުލުހުން ވަނީ ސިނާނު ހައްޔަރު ކޮށްފައެވެ. ސިނާނާ އެކު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު ވެސް ހައްޔަރުކޮށްފައިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް