ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 20:59
ގދ. ހޯޑެއްދޫ: ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައި
ގދ. ހޯޑެއްދޫ: ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައި
ޓްވިޓަރ
ގދ. ހޯޑެއްދޫ
ހޯޑެއްދޫ އިން ކަރަންޓް ކެނޑި ގިނަ ތަކެއްޗަށް ގެއްލުން ވެއްޖެ
50 ވަރަކަށް ގޭގައި ކަރަންޓެއް ނެތް
ގެއްލުން ލިބުނު ތަކެތީގެ ތެރޭގައި އޭސީ އާއި އައިސްއަލަމާރި ފަދަ ތަކެތި ހިމެނޭ

ގދ. ހޯޑެއްދޫ އިން ކަރަންޓް ކެނޑި އެރަށުގެ ގޭގޭގައި ބޭނުންކުރާ ގިނަ އަދަދެއްގެ ކަރަންޓް ސާމާނަށް ގެއްލުން ވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޟް ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރު ވެސް އެރަށުގެ އިންޖީނު ބަދަލު ކުރުމުން ކަރަންޓް ކެނޑެމުންދާ ކަމަށާއި އެހެން ދިމާވަނީ ސިންކްރޮނައިޒް ސިސްޓަމެއް ނެތުމުން ކަމަށެވެ. އަދި ބުދަދުވަހުގެރޭ އިރު އޮއްސި 6 ޖެހިއިރު ކަރަންޓް ބަދަލު ކުރުމާ އެކު ކަރަންޓް ކެނޑި، ކަރަންޓުން ބޭނުން ކުރެވޭ ގިނަ އަދަދެއްގެ ސާމާނު ހަލާކުވެފައިވާ ކަމަށެވެ.

އަޔާޟް ވިދާޅުވީ ގާތްގަނޑަކަށް 60 ވަރަކަށް ގޭގެ އެފަދަ ސާމާނު ހަލާކުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އައިސްއަލަމާރި އާއި ޓީވީ އާއި ރިސީވަރާއި، ބޮކި ފަދަ ތަކެތި ހިމެނޭ ކަމަށެވެ. މީގެ އިތުރުން ގާތްގަނޑަކަށް 50 ވަރަކަށް ގެއިން ކަރަންޓް ކެނޑި ކަނުއަނދިރީގައިވާ ކަމަށް ވެސް އަޔާޟް ވިދާޅުވިއެވެ.

އަޔާޟް ވިދާޅުވީ ބުދަ ދަުވަހު މައްސަލަ ދިމާވީ ފެނަކައިގެ މެކޭނިކުން އެރަށަށް އައިސް މަރާމާތުކުރި އިންޖީނަކުން ކަރަންޓް ދިން ވަގުތު ކަމަށެވެ.

ލިބިފައިވާ ގެއްލުން އަދި މުޅިން ސާފުނުވާކަން ފާހަގަ ކުރައްވަމުން އަޔާޟް ވިދާޅުވީ މިހާތަނަށް ގެއްލުން ލިބުނު ސާމާނު އެނގެނީ ވިރިފައި ހުރުމުން ކަމަށާއި ކަރަންޓް ނެތުމުން ގެއްލުން ލިބުނީ އަދި ގެއްލުން ނުލިބެނީ ކޮން އެއްޗެއްސަކަށް ކަން ނޭނގޭ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށް ވެސް އަޔާޒް ވިދާޅުވިއެވެ.

ގާތްގަނޑަކަށް އާބާދީގައި 1300 މީހުން ދިރިއުޅޭ ހޯޑެއްދޫގައި 267 ގެ ހުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 އޭޕްރިލް 2018 | ބުދަ 19:31
ޙާލުގެ ދުލުން
rayyithunge injeenugeygai sincornais penaleh bodhumah beynuvaa faisaajamaakoh nimifaa vanikoh adhi injeenuveyvai 5 gen set raning conditiongai huttaa utilty kiyaakunfugn'gn'eh ufadhdhaa injeenuge rayyithun nagaa tharaggeekurumennerhi thanugaahuri injeenuthah ekirerreshah gengos evarunnuvegen rashurayyithunge maaliyyathugaahuri ethallaka faisaaeh trast fandakah jamaakuraashey kihaagen nagaa huskuriiru sincoronaizing penaleh behettinama thimassala dhimalehnuvees vethuvedhiya 4 aharuge vaahakaehnoon dhakkaa.vee