ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 19:02
ތަހުގީގަކަށް ފުލުހުން މަގު ބަންދުކޮށްފައި: ފައިސާތަކެއް ފޭރިގެން މައްސަލަ ދަނީ ބަލަމުން
ތަހުގީގަކަށް ފުލުހުން މަގު ބަންދުކޮށްފައި: ފައިސާތަކެއް ފޭރިގެން މައްސަލަ ދަނީ ބަލަމުން
މުހައްމަދު ޝަރުހާން
ފައިސާ ފޭރިގަތުން
އަނެއްކާ ވެސް މޫނަށް ޕެޕަރ ސްޕްރޭ ޖަހައި މިލިއަނެއްހާ ރުފިޔާ ފޭރިގެންފި
މިކަން ހިނގީ ބުދަދުވަހު ހެނދުނު 7:30 ގައި އޯކިޑް މަގުގައި
އެފައިސާއަކީ އޭނާ ޗާންދަނީމަގުގައި ހިންގާ ވެސްޓަން ޔުނިއަންގެ ގޮތްޕެއްގެ ފައިސާ
ފުލުހުން ދަނީ މައްސަލަ ތަހުގީގް ކުރަމުން

ހަތަރު މީހުންގެ ގުރޫޕަކުން މީހެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު، އޭނާގެ އަތުން މިލިއަނެއްހާ ރުފިޔާ ފޭރިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގީ ފަރީދީ މަގުގައި ހުންނަ ނޮވެލްޓީ ބުކްޝޮޕް ކުރިމަތީގައި އޮންނަ މާފަންނު ބެންތެޔޮ ގޯޅިން އޯކިޑް މަގަށް ނުކުންނަނިކޮށް ބުދަދުވަހު ހެނދުނު 7:30 ހާއިރު ދެ މީހަކު ސައިކަލްގައި ކުރިމައްޗަށް އަރައި ފައިސާތަކުގައި ހިފި ތަނުން އެހެން ދެ މީހަކު ގޮސް އޭގެ ތެރެއިން އެކަކު މޫނަށް ޕެޕާ ސްޕެރޭ ޖަހައިގެން ކަމަށެވެ.

ފައިސާތަކުގެ ވެރިފަރާތުން ބައެއް މީޑިޔާތަކަށް ބުނެފައިވާ ގޮތުގައި އެއީ ބަޔަކު ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ކުރިކަމެއް ކަމަށާއި ފޭރިގެން ފައިސާތަކުގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެފައިސާއަކީ އޭނާ ޗާންދަނީމަގުގައި ހިންގާ ވެސްޓަން ޔުނިއަންގެ ގޮތްޕެއްގެ ފައިސާއެވެ. އެ ތަން ކޮންމެ ދުވަހަކު މެންދުރު ފަހު ބަންދު ކުރުމުން އެ މަސައްކަތް ކުރަނީ ގޭގައި ކަމަށާއި އެއީ އަންގާރަ ދުވަހުގެރޭ ލިބުނު ފައިސާ ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ޑޮލަރާއި ސިންގަޕޫރު ޑޮލަރާއި ދިވެހި ފައިސާ ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ބުދަ ދުވަހު ހެނދުނު އޯކިޑް މަގުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް ކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ފުލުހުން ތަހުގީގް ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުންގެ މީޑިޔާ އޮފިޝަލް ނުދެއްވައެވެ.

ޕެޕަރ ސްޕްރޭ ޖަހައިގެން ބުދަދުވަހު ފައިސާތަކެއް ފޭރިގެންފައިވާއިރު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ސޭޓު) ގެ މޫނަށް ވެސް ޕެޕާ ސްޕްރޭ ޖަހައި މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފައެވެ. އޭނާގެ އަތުން ގާތްގަނޑަކަށް ނުވަ ލައްކަ އާއި 1.1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 އޭޕްރިލް 2018 | ބުދަ 14:07
ޅާބެ
ފުލުހުން އަތުގަ ހުންނަ އެއްޗެއް އެއީ