ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 10:45
ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
ގޫގުލް
އެމްޕީ އިލްހާމް
އެމްޕީ އިލްހާމަށް ކުރާ ޓެރަރިޒަމް ދައުވާގެ އިބްތިދާއީ އަޑުއެހުމެއް މިއަދު
މިމައްސަލައިގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވަނީ ބުދަ ދުވަހު މެންދުރުފަހު 3:00 އަށް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ އިންތިހާބީ މެންބަރު އިލްހާމް އަހުމަދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ބުދަ ދުވަހު ބާއްވަން ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިމައްސަލައިގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވަނީ ބުދަ ދުވަހު މެންދުރުފަހު 3:00 ގަ އެވެ.
އިލްހާމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ އުފުލާފައިވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ. އިލްހާމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އަމުރުކޮށްފަ އެވެ.
އިލްހާމް ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އޭނާ ހޯދަން އިއުލާނުކުރުމާއި ގުޅިގެން ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވުމުންނެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި އިލްހާމްގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ކުރީގެ ސީޕީ އަހްމަދު އަރީފާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި، މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި، ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް