ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 08:31
ނިވާކަން ކުޑަ ހެދުން ލައިގެން މޮޑެލްކުރުވާފައި
ނިވާކަން ކުޑަ ހެދުން ލައިގެން މޮޑެލްކުރުވާފައި
ރާއްޖެ އެމްވީ
އިސްލާމިކް މިނިސްޓްރީ
ނިވާކަން ކުޑަ ހެދުންލީ މައްސަލަ މިނިސްޓްރީ އާއި ފުލުހުން ބަލަނީ
ކަން ހިނގާފައިވާ ގޮތް އެބަ ބަލަން: މިނިސްޓްރީ
ކުރިން ހުށަހެޅި މައްސަލަތައް ވަނީ ހުއްޓިފައި
އެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި

މޮޑެލުންތަކެއް ހޮވުމަށް ބޭއްވި ޝޯއެއްގައި ދިވެހި އަންހެން ކުދިންތަކެއް ނިވާކަން ކުޑަ ހެދުންތަކެއް ލީ މައްސަލާގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީންނާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑީއާ ކޯޑިނޭޓަރު މުހައްމަދު އަހްސަން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ނިވާކަން ކުޑަ ހެދުންލީ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށެވެ. އަދި އެކަން ބަލަމުންދަނީ އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ކަމަށް އަހުސަން ވިދާޅުވިއެވެ.

ދިވެހި އަންހެން ކުދިންތަކެއް، ނިވާކަން ކުޑަ ހެދުންތަކެއް ލައްވައިގެން މޮޑެލް ކުރުވާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ރާއްޖޭގެ ރިސޯޓެއްގައެވެ. އެ ހަރަކާތުގައި ދިވެހި ޒުވާން އަންހެން ކުދިންގެ ވަނާތައް ފެންނާނެ ގޮތަށް، ނިވާކަން ކުޑަ ހެދުން ލައްވައިގެން މޮޑެލް ކުރުވާފައިވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އަންހެން ކުދިންތަކެއް ބައިވެރިކޮށްގެން، މުބާރާތެއްގެ ގޮތަށް އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ބޭރުގެ ބަޔަކާ ގުޅިގެންނެވެ.

އެ މައްސަލާގައި ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަރަށް ބޮޑަށް އާމާޒުވެގެން ގޮސްފައިވެއެވެ. އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހެދުން އެޅި އެ މައްސަލާގައި ސަރުކާރުން އެއްޗެއް ނުބުނެ ހިމޭނުން އޮތުމުން ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. ދީން ހިމާޔަތް ކުރާނެ ކަމަށް ބުނާ ސަރުކާރުން އެފަދަ ކަންކަމަށް އަޅާ ނުލައި ދޫކޮށްލުމަކީ ސަރުކާރުގެ ދެފުށް ދެގޮތްކަން އެނގިގެންދާ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ. މީގެ ކުރިން ހިނގާފައިވާ އެފަދަ ކަންކަން ވެސް ތަހުގީގު ކުރަން ސަރުކާރު ވަނީ ނުކުޅެދިފައެވެ.

މިއަހަރު ފެށުމުގެ ގޮތުން ބޭއްވި ޝޯގައި ވެސް ނިވާކަން ކުޑަ ހެދުންލި މައްސަލަ، ހޯމް މިނިސްޓްރީއަށާއި އިސްލާމިކް މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވެއެވެ. އަދި އަންހެނުންތަކެއް ބަރަހަނާކޮށް ބައިތިއްބައިގެން، ބޮޑީ ޕެއިންޓް ކުރި މައްސަލަ ވެސް ފުލުހުން ނުބަލަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
25 އޭޕްރިލް 2018 | ބުދަ 04:43
އުޅޭނެކަމެއްނެތް
ކޮންމެހެން އާޓު ދައްކަން އުޅޭނެކަމެއްނެތް
25 އޭޕްރިލް 2018 | ބުދަ 04:25
ސަރު
އެއީޔާމީނުގެދީންހިމާޔައްކުރުމުގެޕޮރުގުރާމުގެދަށުންހިންގިކަމެއްއއޯކޭ