ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 06:38
ރައީސް އޮފީސް ކުރިމަތީގައި ހިނގި އެކްސިޑެންޓް
ރައީސް އޮފީސް ކުރިމަތީގައި ހިނގި އެކްސިޑެންޓް
ސޯޝަލް މީޑިއާ
މާލޭގައި ހިނގި އެކްސިޑެންޓް
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ދެ މީހަކަށް ވަނީ އަނިޔާވެފައި
އެކަކު ހޭނެތިފައިވާކަމަށް މަންޒަރުދުށް މީހުން ބުނޭ
ދެ ސައިކަލުވެސް ދުއްވާފައިވަނީ ބާރު ސްޕީޑްގައި ކަމަށް މަންޒަރުދުށް މީހުން ބުނޭ

އަންގާރަ ދުވަހުގެރޭ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުގެރޭ 23:23 ހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައެވެ.

މަންޒަރުދުށް މީހަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓް ހިގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ ސައިކަލު ކޮންޓްރޯލް ނުވެގެން، ދެ ސައިކަލު ޖެހުމުގެ ސަބަބުންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، މި ދެމީހުންގެ ހާލަތާއި ގުޅޭގޮތުން ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަންޒަރުދުށް ބައެއް ފަރާތްތަކުން ކިޔައިދިން ގޮތުގައި އެކްސިޑެންޓްގައި ދެމީހުންގެވެސް ބޯ ފަޅައިގެން ގޮސްފައިވާއިރު، އެކަކު ވަނީ ހޭނެތިފައެވެ.

މި އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލަށްވެސް ވަނީ ވަރަށް ބޮޑު ގެއްލުންތައް ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
25 އޭޕްރިލް 2018 | ބުދަ 00:52
އިސްމާލް
ސިފައިންގެ ކުރިމަތިން، މިހާބާރު ސްޕީޑެއްގައި ދުއްވާނަމަ ކޮންމެ ވެސް ފަރާތަކުން ހުއްޓުވުން އެއީ ކުރަން ޖެހޭކަމެށް..... އަވަސް ސިފާއަކަށް އެދެން.