ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 19:39
އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓު ބޭރުގައި
އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓު ބޭރުގައި
މުހައްމަދު ޝަރުހާން
ފަނޑިޔާރުންގެ ގާނޫނު
ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ހުކުމް މާދަމާ!
އެ ގާނޫނު ބާތިލު ކުރަން ހުށަހެޅީ ގުޅިފައިވާ ޕާޓީތަކުން
ހުކުމުގެ ޝަރީއަތް އޮތީ މާދަމާ މެންދުރުފަހު
ދެ ފަނޑިޔާރުން މަގާމު ގެއްލުމުގެ ފުރުސަތު ބޮޑު

ޖިނާއީ ކުށެއް ސާބިތުވުމުން، އޮޓަމެޓިކުން ފަނޑިޔާރުން މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް ކުރަން ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް ކުރަން ތާވަލުކޮށްފައި ވަނީ ބުދަ ދުވަހުގެ މެންދުރު ފަހު 1:30 އަށެވެ. އެ މައްސަލައިގައި އަޑުއެހުންތައް ނިންމާލީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

ފަނޑިޔާރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ނަމަ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ދަށު ކޯޓުގައި ކުރިއަށްދާ ދައުވާތައް ސާބިތުވެ، ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެއްޖެ ނަމަ، އެ ފަނޑިޔާރުންގެ މަގާމު ގެއްލޭނެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އެ އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވި، ހައްޔަރު ކޮށްފިނަމަ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑު ކުރެވޭނެއެވެ. ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ނިހާއީ ހުކުމެއްގެ ގޮތުގައި އެ ހުކުމް ކަނޑައަޅައިފި ނަމަ އެ ފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ. 

ސަރުކާރުގެ ފަރާތުން ހުށަޅައި، ސަރުކާރު މެމްބަރުންގެ ވޯޓުން ފާސްކުރި އެ ބިލު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް