ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 17:55
ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު
ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު
ޓްވިޓަރ
ގާނޫނީ ވަކީލު ނާޒިމް ސައްތާރު
ކުރެއްވި ޓްވީޓަކާއި ގުޅިގެން، މަހްލޫފްގެ މައްސަލައިން ވަކީލު ނާޒިމް ސަސްޕެންޑް ކޮށްފި
އެއީ އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފައްދާނެ ފަދަ ޓްވީޓެއް: ކްރިމިނަލް ކޯޓު
އެއަމަލަކީ ކޯޓުގެ ހުރުމަތް ގެއްލޭ ފަދަ އަމަލެއް: ކްރިމިނަލް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުންތަކުގައި މަހްލޫފްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އުޅުއްވާ ނާޒިމް އަބްދުއްސައްތާރު އެ މައްސަލައިން ސަސްޕެންޓް ކޮށްފިއެވެ. 

ނާޒިމް ސަސްޕެންޑް ކޮށްފައި ވަނީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ކޯޓުން ބުނީ ސަސްޕެންޑްކުރީ މަހްލޫފްގެ ޓްވީޓާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިން އެކަނި ކަމަށެވެ.

ކްރިމިނަލް ކޯޓުން އަންގާފައިވާ އެންގުމެއްގައި ވަނީ، މަހްލޫފްގެ މައްޗަށް އުފުލާފައިވާ، ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލްކުރި އަޑުއެހުމަށް ފަހު، އެ މައްސަލައާ މެދު، އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފައްދާނެ ފަދަ ގޮތަކަށް އަމަލުކޮށް، ނާޒިމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން ޓްވީޓް ކުރައްވާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މިމައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައި ވާތީ އާއި، ޝަރީއަތް ހިނގަމުންދާ ގޮތާ މެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް ބިނާކޮށް، ކޯޓުގެ ހުރުމަތް ގެއްލޭ ގޮތަށް ގާނޫނީ ވަކީލު ނާޒިމް އަމަލު ކޮށްފައިވާ ކަމަށެވެ. 

އެހެންކަމުން މި އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މަހްލޫފްގެ އެ މައްސަލައިގެ ވަކީލެއްގެ ހައިސިއްޔަތުން ނާޒިމް ސަސްޕެންޑް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އެ އެންގުމުގައި ވެއެވެ.

 

 

މަހުލޫފުގެ މައްޗަށް ދައުވާ ކުރަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގައި ހުންނަވައި މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. މަހުލޫފު ކުރެއްވި ޓްވީޓްގައި ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރަނީ ކަމަށާއި އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމުން އެއީ ސީރިއަސް މައްސަލައެއް ކަމަށް މަހުލޫފު ޓްވީޓު ކުރައްވާފައި ވެއެވެ.

ހޯމަ ދުވަހު އެމައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދިޔައިރު، އެ ޓްވީޓް ނުކުރައްވާ ކަމަކަށް މަހްލޫފް އިންކާރެއް ނުކުރައްވަ އެއެވެ. ނަމަވެސް ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ނުދެއްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. 

ގާޒީ ވަނީ އެމައްސަލައަކީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމަވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް