ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 12:22
މިނިސްޓަރު ޑރ. ޝައިނީ
މިނިސްޓަރު ޑރ. ޝައިނީ
ރާއްޖެއެމްވީ
އޯލް ޕާޓީ ޓޯކްސް
އިލެކްޝަންސް ކޮމިޝަން ބަދަލުކުރުމުގެ މަޝްވަރާވެސް އަންނަންވީ: ޝައިނީ
 
"ބޭރުގައި ތިބެގެން ހަޅޭއްވެވިޔަސް ކަންކަން ރަނގަޅެއް ނުވާނެ": ޝައިނީ

އިލެކްޝަންސް ކޮމިޝަން ބަދަލުކުރުމުގެ މަޝްވަރާވެސް ކުރެވޭނީ މޭޒު ދޮށަށް އައިސްގެން ކަމަށް ސަރުކާރުގެ ޕާޓީތަކުގެ މަޝްވަރާތައް ވިލަރެސްކުރާ ކޮމިޓީގެ ޗެއާ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް ގުޅުފައިވާ އިއްތިހާދުން ގޮވާލި ގޮވާލުމަށް ރަށްދު ދެއްވާ ރާއްޖެއެމްވީއަށް މިނިސްޓަރު ޝައިނީ ވިދާޅުވީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމުގެ މަޝްވަރާވެސް އަދި ގައުމުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މުހިއްމު އެހެނިގެން ކަންކަމާއި މެދުވެސް މަޝްވަރާކުރުމުގެ ދޮރު ހުރީ ހުޅުވިފައިކަމަށެވެ. އަދި އެއްވެސް ޝަރުތަކާއި ނުލައި އައިސް އެކަންކަމާއި މަޝްވަރާ ކުރާންވީކަމަށް ވިދާޅުވިއެވެ.

"މިހާރު 12-13 ފަހަރު މަޝްވަރާއަށް ގޮވާލެއްވިއްޖެ ދެއްތޮ. އިޚްލާތެރިކަމެއް ހުރީ ވިއްޔާ އަންނަންވީ ނޫންތޯ؟ ކޮން ޝަރުތުތަކެއް ކުރިމަތި ކުރުވާކަށްތޯ؟" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައިނީ ތުހުމަތު ކުރައްވާ ގޮތުގައި ސިޔާސީ ޕާޓީތަކުން ސަރުކާރާއިއެކު މަޝްވަރާއަށް އައުމަށް ހުރަސްތައް ކުރިމަތިކުރުވަނީ ރައީސް ނަޝީދު އިސްވެހުންނަވައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް ގުޅިފައިވާ އިއްތިހާދުން ގޮވާލާ ނެރުނު ބަޔާނުގައި ހުރި ބައެއް ކަން ގަބޫލު ނުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވި ގޮތުގައި ދައުލަތުގެ ނިޒާމުގައި ރަނގަޅުކުރަން ޖެހޭ ކަންކަން ވެސް އެބަހުއްޓެވެ. އެކަންކަން ރަނގަޅުކުރުމަށް ޚިޔާލުދީ މަޝްވަރާކުރެވޭނީ އެކަމަށް ހުޅުވާލެވިފައިވާ ޗެނަލްގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭނުންކަމެއް ކުރަން އިޚްލާސްތެރިކަން އިސްކުރަންވީ. ކޮންމެސް މީހަކީ ވަރަށް ގާތް މީހަކަށް ވާނެ. ބޭރުގައި ތިބެގެން ހަޅޭއްލެވިޔަސް ކަންކަން ރަނގަޅެއް ނުވާނެ"  މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

ކަންކަން ރަނގަޅުކުރުމަށޭ ކިޔައި ވަކިވަކި ކަންކަމަށް ގޮވާލުމަކީ ހައްލެއްނޫންކަމަށާއި، ޕާޓީ ޓޯކްސް އަށް ގޮސްގެން ނޫނީ ހުރި މައްސަލަތައް ނޭނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޕާޓީ ޓޯކްސްއަށް އަންނަންވާނީ ޝަރުތު ތަކެެެއް ކުރިމަތިނުކޮށް އިޚްލާސްތެރިކަމާއި އެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރާއި ޚިޔާލު ތަފާތުވާ ކަންކަމާއި އަދި ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތަކާއި މެދު މަޝްވަރާކުރުމަށް 12 ފަހަރަށް ސަރުކާރުން ގޮވާލި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަޝްވަރާތަކުގައި ޕާޓީތަކުގެ އެންމެ އިސްވެރިން ބައިވެރި ނުކުރެވޭނަމަ މަޝްވަރާއަށް ނުދާނޭކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
67%
0%
33%
ކޮމެންޓް
24 އޭޕްރިލް 2018 | އަންގާރަ 08:57
އިބޫ
ވަރަށް އަނގަ ހަޑި ގޮތެއް ފޮތެއް ނެތް މީހެއްތީ