ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 09:41
މަޖީދިއްޔާ ސްކޫލް
މަޖީދިއްޔާ ސްކޫލް
ޓްވިޓަރ
މަޖީދިއްޔާ ސްކޫލު
މަޖީދިއްޔާގައި ކިޔަވައިދިނުން ހުއްޓާލާ ޓީޗަރުން އިހުތިޖާޖު ކުރަނީ
 
އަންގާރަދުވަހު ޓީޗަރުންކުރާ އިހްތިޖާޖުގައި ގިނަ ޓީޗަރުން ބައިވެރިވޭ
 
ޓީޗަރުވަނީ މައްސަލަބަލާ ނިމެންދެން ގޭގައި މަޑުކުރަން އަންގާފައި
 
ޓީޗަރުން އިހުތިޖާޖު ކުރަން ނިންމީ ސްކޫލުގައި ހިނގި ދަރިވަރަކު ޓީޗަރަކާ މާރަމާރީ ހިންގި މައްސަލާގައި އެ ޓީޗަރު ސަސްޕެންޑު ކުރުމާ ގުޅިގެން

ދަރިވަރެއްގެ ކަރުގައި ހިފި ކަމަށް ބުނެ އެ ސުކޫލުގެ ޓީޗަރުން މަސައްކަތް ހުއްޓާލާ އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީޗަރުން މަސައްކަތް ހުއްޓާލާ އިހުތިޖާޖު ކުރަނީ ޓީޗަރުންނަށް ރައްކާތެރި މާހައުލެއް ނެތް ކަމަށް ބުނެއެވެ.

އެނގިފައިވާ ގޮތުގައި މަޖީދިއްޔާ ސްކޫލުގެ ޓީޗަރުން އަންގާރަދުވަހު ސްކޫލަށް ދިޔުމަށް ފަހު ކިޔަވާ ދިނުމަށް ކުލާސްތަކަށް ދިޔުމުގެ ބަދަލުގައި ތިބީ ސްޓާފް ރޫމްގެ ތެރޭގަ އެވެ. ޓީޗަރުން އިހުތިޖާޖު ކުރަން ނިންމީ ސްކޫލުގައި ހިނގި ދަރިވަރަކު ޓީޗަރަކާ މާރަމާރީ ހިންގި މައްސަލާގައި އެ ޓީޗަރު ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ.

ސުކޫލުގެ ޕްރިންސިޕަލު ވަޑައިގެން ސްޓާފު ރޫމުގައި ޓީޗަރުންނާ ބައްދަލު ކުރައްވަމުން ގެންްދަވާ އިރު ޓީޗަރުން ތިބީ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ބުނެ މަސައްކަތަށް ނުނިކުތުމަށް ނިންމައިގެންނެވެ.

މަޖީދިއްޔާ ސުކޫލުގައި ގިނަ ދުވަސްވީ އިންޑިއާގެ ހިސާބު ޓީޗަރަކު އެ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރެއްގެ ކަރުގައި ހިފި ކަމަށް ބުނެ ހޯމަ ދުވަހު ވަނީ ސަސްޕެންޑުކޮށްފައެވެ. އެ މައްސަލަ ބަލަމުންދާތީ ވަކި ގޮތެއް އަންގަންދެން ގޭގައި މަޑު ކުރަން އެ ޓީޗަރަށް ވަނީ އަންގާފައެވެ.

އެނގިފައިވާ ގޮތުގައި އެ ދަރިވަރަކީ ކުރިން ވެސް ޑިސިޕްލިނަރީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ދަރިވަރެކެވެ. އަދި ކުރިން މާރާމާރީ ހިންގިކަމުގެ ރެކޯޑް އޮތް ކުއްޖެއްކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ކަރުގައި ޓީޗަރު ހިފި ކަމަށް ތުހުމަތު ކުރަނީ އާދިއްތަ ދުވަހުގެ ހެނދުނު ހިނގާ ދިޔަ ކަންތައްތަކެއްގައެވެ.

ރާއްޖޭގައި 12 ވަރަކަށް އަހަރު ހޭދަކޮށްފައިވާ އިންޑިއާއަށް ނިސްބަތްވާ އެ ޓީޗަރަކީ މަޖީދިއްޔާގައި ވެސް ގިނަ ދުވަސްތަކެއް ހޭދަ ކޮށްފައިވާ ޓީޗަރަކެވެ. އަދި މީގެ ކުރިން އެފަދަ ޝަކުވާ އެ ޓީޗަރާ ބެހޭ ގޮތުން އުފުލާފައެއް ވެސް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
6%
28%
0%
11%
56%
ކޮމެންޓް
24 އޭޕްރިލް 2018 | އަންގާރަ 06:27
fathun
Rangalhu thi gotha hadhan. Aslu v gina kudhinge dicpline masala hurey teacharuna eves rakaa theri kame nuhurey. Adhi e dharivaru bireves nuganaane mihaar novey dharivaruna eves adhabe dhevey kan.Mihaarves baey kudhin teacharuna dhimala bunelaane eves kame nukureveyney.
24 އޭޕްރިލް 2018 | އަންގާރަ 05:05
ޙާލުގެ ދުލުން
Jahaanudheynandhoa
24 އޭޕްރިލް 2018 | އަންގާރަ 05:04
ޙާލުގެ ދުލުން
Miee miqaumah genesgenmiulhey islaamdheenaai beerattehi dhimaakuraatheege heyokhulgu vereenge machchah rayyithun gadhandhakkaa keyolhunge macbchah falhuverin gadhakandhakka mainbafainge machchah dhareen gadhaveganey mudharrisunge machchah dharivarun gadhakan dhakkaa adhimi aurves kudavegen MDP aai RTV marufalijahamun midhanee