ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 09:01
އޭސީސީގެ ޖަލްސާގައި ބައިވެރިވި މީހުން
އޭސީސީގެ ޖަލްސާގައި ބައިވެރިވި މީހުން
އޭސީސީ
އެންޓި ކޮރަޕްޝަންގެ ދުވަސް
މިއަހަރު ނިމޭއިރު ކޮމިޝަނުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދު 500 އަށް ވުރެ މަދުކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ: ހަސަން ލުތުފީ
 
ކޮރަޕްޝަން މަދު ކުރުމަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ
 
އޭސީސީގެ ތަހުގީގީ މަސައްކަތްތައް ހަލުވި ކުރުމަށް ދަނީ މަސައްކަތް ކުރަމުން

މިއަހަރު ނިމޭއިރު ކޮމިޝަނުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދު 500 އަށް ވުރެ މަދުކުރުމަށް އަޒުމް ކަނޑައަޅުއްވާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ގައުމީ އެންޓި ކޮރަޕްޝަންގެ ދުވަސް ފާހަގަކުރުމަށް އަންގާރަ ދުވަހު ހެދުނު އޭސީސީގެ އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، އޭސީސީގެ ތަހުގީގީ މަސައްކަތްތައް ހަލުވިކޮށް ކޮމިޝަނުގައި ނުނިމިހުރި މައްސަލަތައް އަވަހަށް ނިންމުމުގެ އަޒުމްގައި ސާބިތުކަމާއެކު މަސައްކަތްކުރުމަށް އެ ކޮމިޝަނުގެ މުވައްޒަފުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުﷲ ނަޒީރުއެވެ. ނަޒީރު ވަނީ އެންޓި-ކޮރަޕްޝަންގެ ދާއިރާއިން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.  މީގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ މީހުންގެ ރުހުން ލިބޭނެ މަސައްކަތެއް ނޫން ކަމަށާއި، އެ މަސައްކަތުގައި ހިތްވަރާއެކު ދެމިތިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތަކީ ފަސޭހަ މަސައްކަތަކަށް ނުވި ނަމަވެސް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތްކޮށް، ނަތީޖާ ހާސިލުކުރުމަކީ މުވައްޒަފުންގެ މަސްއޫލިއްޔަތެއް ކަމަށް ނަޒީރު ވިދާޅުވި އެވެ.

މި ޖަލްސާގައި ކޮމިޝަންގެ 2017 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތާއި، ކޮމިޝަނުން ކޮންމެ ކުއާޓަރއަކު އެއްފަހަރު ނެރޭ ބިތުފަންގި ބުލެޓިންގެ 2 ވަނަ ވޮލިއުމްގެ 4 ވަނަ އަދަދު އާންމުކޮށްފައިވެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް