ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 05:07
ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)ގައި -- ފޮޓޯ : މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)ގައި -- ފޮޓޯ : މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން
ބޮޑުންގެ ޝަރީއަތް
ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު
 
އެ ތިން ބޭފުޅުންވެސް ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު
 
އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ވަނީ ވަކީލެއް ހަމަޖައްސަން 10 ދުވަސް ދެއްވާފައި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިބްތިދާއީ އިތުރު އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދަށް ވެސް ތާވަލުކޮށްފި އެވެ. 

ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހުގެ 13:00 ގައި ބާއްވާ މި އިބްތިދާއީ އަޑުއެހުމަކީ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބާއްވާ އިބްތިދާއީ އަޑު އެހުމެކެވެ.

އެންމެފަހުން މިމައްސަލާގައި އަޑުއެހުމެއް ބާއްވާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެއީ އެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ. މިއަޑުއެހުމުގައި މައްސަލަ ބައްލަވާ އެ ކޯޓުގެ އިސް ގާޒީ އާދަމް އާރިފު ވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާއެކު ތޯ ތިން ބޭފުޅުން ކިބައިން ވެސް ސާފު ކުރައްވާފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ވެސް ބާއްވަން ތާވަލުކޮށްފައިވެ އެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގައި އަޑުއެހުމަށް ދައުވާ ލިބޭ ތިން ބޭފުޅުން ހާޒިރު ކުރުމަށްފަހު ކެންސަލްކުރި ސަބަބެއް ނުބުނެ އެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ހިފައި ގާނޫނާ ހިލާފަށް ވެރިކަން ބަދަލު ކުރަން އުޅުނު ކަމަށް ބުނެ އަލީ ހަމީދާއި އަބްދުﷲ ސައީދު ހައްޔަރުކޮށް އެހެން ދައުވާތައް ވެސް ވަނީކޮށްފައެވެ. އެ ދައުވާތަކުގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

މިތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމް ދައުވާއެއްވެސް ކޮށްފައިވާއިރު އެ ދައުވާތަކުގެ އަޑުއެހުން އަދި ނުފަށައެވެ. އެހެން ނަމަވެސް މި ތިން ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް