ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 22:33
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް: ރިޔާޒްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ވަނީ ތާވަލްކޮށްފައި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް: ރިޔާޒްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ވަނީ ތާވަލްކޮށްފައި
މުހައްމަދު ޝަރުހާން
އަބްދުﷲ ރިޔާޒް
ރިޔާޒްގެ ފޯނު ހުޅުވައިނުދިން މައްސަލަ: އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި
 
ހައި ކޯޓުން މިމަހުގެ ދެވަނަ ދުވަހު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި
 
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ
 
އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 11:15 އަށް

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހު (މާދަމާ) ހައިކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.

އަބްދުﷲ ރިޔާޒުގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުލުހުން އޭނާ ހިފަހެއްޓުމަށް ފަހު އޭނާގެ ތަހުގީގުގައި ކޯޓު އަމުރެއްގެ ދަށުން ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރެއްވި ކަމަށް ބުނެއެވެ.

ހައިކޯޓުގައި މި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 11:15 އަށެވެ. މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިދިޔަ އަހަރު ފަށާފައިވާއިރު، ހައި ކޯޓުން މިމަހުގެ ދެވަނަ ދުވަހު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައެވެ. އެހެންކަމުން އިތުރު ކަމެއް ސާފުކުރުމަށް ނެތްކަމުގައި ވާނަމަ މާދަމާ އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.

ކްރިމިނަލް ކޯޓުން މިމައްސަލާގައި ހުކުމްކޮށްފައި ވަނީ ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ނުވާ ކަމަށެވެ. ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެއެވެ.

އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފައިވާއިރު، އޭނާ ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ހައްޔަރުކޮށްފައެވެ. އަދި ރިޔާޒުގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް