ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 22:17
ގެއްލުނު ދެ ކުދިން ހޯދުމަށް ބަލާ ފާސްކޮށްފައިވާ ސަރަހައްދު
ގެއްލުނު ދެ ކުދިން ހޯދުމަށް ބަލާ ފާސްކޮށްފައިވާ ސަރަހައްދު
އެމްއެންޑީއެފް
އައްޑޫ ސިޓީން ގެއްލުނު ކުދިން
ގެއްލުނު ދެ ކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަނީ
 
ދެ ކުދިން ހޯދުމަށް ވަރަށް ބޮޑު ސަރަހައްދެއް މިހާރު ވެސް ބަލާފައިވޭ

އައްޑޫ ސިޓީގެ ހިތަދޫން މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމަށް ޑައިވިންގ ރޮބޮޓް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. 

އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ ދެ ކުންދިން ހޯދުމަށް ވަރަށް ބޮޑު ސަރަހައްދެއް މިހާރު ވެސް ބަލާފައި ވާކަމަށެވެ. އަދިވެސް އިތުރަށް ދެ ކުންދިން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އަދި ޑައިވިންގ ރޮބަޓް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ރޮބަޓް ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ކޮންއިރަކު ކަމެއް އާޒިމް ވިދާޅެއް ނުވެއެވެ. 

އާޒިމް ވިދާޅުވީ ދެ ކުދިން ހޯދުމަށް ކުރިއަށްގެންދާ އޮޕަރެޝަނަށް އިތުރު ކޯސްޓަގާރޑްގެ ޑައިވަރުން މިރޭ އައްޑޫ ސިޓީއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ކޯސްޓަގާރޑްގެ ޑައިވަރުންގެ އިތުރުން އާންމު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 370 މީޓަރުގެ ސަރަހައްދަކުން 40 މީޓަރު އަޑިއަށް ފީނާހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ހިތަދޫ، ޗަނބޭލީގޭ، އުމުރުން 17 އަހަރުގެ އަލީ ފަހުމީ އަދި އެރަށު ޓޮޕާޒް، އުމުރުން 14 އަހަރުގެ މަޔާމިން އަލީ ގެއްލިފައި ވަނީ އިތުރު ކުއްޖަކާ އެކު މޫދަށް އެރި އުޅެނިކޮށް މި އޭޕްރީލް މަހުގެ 21 ވީ ހޮނިހިރު ދުވަހުގެ މެންދުރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
100%
0%
0%
0%
ކޮމެންޓް